އައްޑޫސިިޓީ ހިތަދޫ ފްލެޓެއްގެ ދެވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ 12:00 ހާއިރު އައްޑޫ ސިޓީ ހިތަދޫ، ފްލެޓް ނަންބަރު 14 ގެ ދެވަނަ ފަންގިފިލާ އިން ކުއްޖަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
ދެވަަނަ ފަންގިފިލާއިން ވެއްޓުނު އުމުރުން 15 އަހަރުގެ އަންހެން ކުއްޖާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ފަރުވާ ދެމުން ދަނީ އައިސީޔޫ ގައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

