މެންގޯ ޕެޝަން ޓްރައިފްލް
މި ރެސިޕީއަކީ ހޫނުގަދަ ދުވަސްތަކަށް ރަނގަޅު އަދި ތައްޔާރުކުރަން ފަސޭހަ މީރު ޓްރައިފްލްއެކެވެ. މިއީ އާއިލާގެ މެންބަރުންނާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލާއިރު ސުފުރާ މައްޗަށް ގެނައުމަށް ވަރަށް ކަމުދާނެ ބާވަތެއްވެސްމެއެވެ.
ބޭނުންވާ ތަކެތި:
- 180 ގްރާމު ހަޕްސެންގް ޕިންގް ޕޮންގް ޗީޒް ކްރެކާސް
- 400 ގްރާމު ދިވެހި އަނބު (ކޮށާފައި)
- 300 ގްރާމު ޕެޝަން ފުރުޓު
- 80 އެމްއެލް ވިޕިން ކްރީމް
- 2 ދަޅު ކްރީމް
- 1 ދަޅު ގެރިކިރު
ކްރީމްގަނޑު ތައްޔާރު ކުރުމަށް:
ފުރަތަމަ ކަމަކަށް ވިނަ މިލްކް ގެރިކިރާއި، އަލްމަރައި ކްރީމް ދަޅު ދޭއް އަދި ވިޕިން ކްރީމް ބޯތައްޓަކަށް އަޅާށެވެ. އެއަށްފަހު، މިހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ކްރީމްގަނޑު މީރުކުރުމަށްޓަކައި ރަނގަޅަށް ގިރާލާށެވެ.
ޓްރައިފްލް އެތުރުމަށް:
- ބޭނުންވާ ޓްރޭ ނުވަތަ ތަށި ތައްޔާރުކުރާށެވެ. އެއަށްފަހު، ޗީޒް ކްރެކާ ބިސްކޯދުތައް ފަރުވާތެރިކަމާއެކު އަތުރާށެވެ. މިއީ ޓްރައިފްލްގެ ފުރަތަމަ ފަށަލައެވެ.
- ބިސްކޯދުތައް އަތުރާ ނިމުމުން، ތައްޔާރުކުރި ކްރީމްގަނޑުގެ ފަށަލައެއް ބިސްކޯދުތައް މައްޗަށް ރީތިކޮށް އަޅާށެވެ.
- ކްރީމް ފަށަލަ މައްޗަށް، ކޮށާފައި ހުރި އަނބުކޮޅަކާއި ޕެޝަން ފުރުޓުކޮޅެއް އަޅާލާށެވެ. މި ދެމޭވާ އެއްކޮށްލުމުން ވަރަށް މީރު ރަހައެއް ލިބިގެންދާނެއެވެ.
- މިހާރު އަތުރާ ނިމުނު ފަށަލަތައް ތަކުރާރުކޮށް، އަނެއްކާވެސް ބިސްކޯދާއި ކްރީމާއި މޭވާ އަޅާށެވެ. މިގޮތަށް ބޭނުންވާ މިންވަރަށް ފަށަލަތައް ތަކުރާރުކުރެވިދާނެއެވެ.
- ޓްރައިފްލް ތައްޔާރުކޮށް ނިމުމުން، ކެއުމުގެ 2-3 ގަޑިއިރު ކުރިން ޓްރޭ ފްރިޖަށް ލައި ރަނގަޅަށް ފިނި ކޮށްލާށެވެ. މިގޮތަށް ފިނިކުރުމުން ޓްރައިފްލްގެ ރަހަ އިތުރަށް މީރުވާނެއެވެ.

