ސްކްރީން ރައިޓިން ވޯކްޝޮޕެއް ފެށުމަށް ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ނިންމައިފިއެވެ. އެގޮތުން މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު އެންސީއޭ އިން ވަނީ ހުޅުވާލާފައެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގެ މަގުސަދަކީ ތަފާތު ސްކްރީން އަދި ޖޮންރާތަކަށް ސްކްރިޕްޓު ލިޔާނެ ލިޔުންތެރިން އުފެއްދުމާއި، ސްކްރީން ރައިޓިންގ ގެ ދާއިރާ ގައި މަސައްކަތްކުރާ ފަރާތްތަކަށް މިފަންނު އިތުރަށް ތަރައްގީކޮށް ޕްރޮފެޝަނަލް ލެވަލްއެއްގައި މިކަން ކުރާނޭ ގޮތުގެ މަޢުލޫމާތު ހިއްސާކުރުމެވެ.
މި ވޯކްޝޮޕް ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ 13:00 ގެކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ. އަދި މި ވޯކްޝޮޕާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 3313456 ނަންބަރަށް ގުޅުމުން އިތުރުމައުލޫމާތު ލިބިގެން ދާނެއެވެ.
ރާއްޖޭގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު މި ދާއިރާއިން އެންމެ ބޮޑަށް މަދުވާ އަދި އެންމެ މުހިއްމު އެއް ބަޔަކީ ވެސް ސްކްރީން ރައިޓިންއެވެ.

