ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް އިންވެސްޓަރުންނާއި ވިޔަފާރިތައް ހޯދައިދިނުމުގައި އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރާއްޖެއަށް ވަޑައިގެންނެވި، މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ކިންޖަރަޕް ރާމް މޯހަން ނައިޑު ވިދާޅުވެއްޖެއެވެ. މި ވާހަކަފުޅު ނައިޑު ދެއްކެވީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވެ.
އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ނައިޑު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢުއަކީ ހަމައެކަނި ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ނޫން ކަމަށާއި އެއީ ދެ ޤައުމުގެ ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށެވެ. އަދި މި މަޝްރޫޢު އަވަހަށް ނިންމެވުމަށް އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާއިން ދެއްވި އެއްބާރުލުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ނައިޑު އިތުރަށް ވިދާޅުވީ ހަނިމާދޫ އެއަރޕޯޓު މަޝްރޫޢުއަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ސަރުކާރުން ދެއްވާ އަހަމިއްޔަތުކަން ދައްކުވައިދޭ މަސައްކަތެއްކަމަށެވެ. މި އެއަރޕޯޓު ތަރައްޤީކުރުމަށްފަހު ހުޅުވިގެން ދިއުމަކީ، ދަތުރުފަތުރުން ރާއްޖޭގެ އުތުރު ދުނިޔޭގެ އެހެން ސަރަހައްދުތަކާއި ގުޅުވާލައި، އެ ސަރަހައްދަށް އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި އިންޑިއާ އަބަދުވެސް އެހީތެރިވުމަށް ތައްޔާރަށް އޮންނާނެކަން ހާމަކުރައްވަމުން ނައިޑު ވިދާޅުވިއެވެ:

