އދ. ދަނގެތީ ހެލްތު ސެންޓަރުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް، 420 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަސައްކަތަކީ ދަނގެތީގެ ރައްޔިތުންނަށް އިތުރު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިސްމާޢިލް ޝަރީފާއި، އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ އަގަކީ 34.9 މިލިޔަން ރުފިޔާއެވެ. އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އަލަށް އިތުރުކުރާ އިމާރާތަކީ ތިން ބުރީގެ އިމާރާތެކެވެ. މި އިމާރާތް އެޅުމުގެ މަސައްކަތް ނިމި، ހިދުމަތް ދޭން ފެށުމުން ދަނގެތީގެ ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

