“ޝާމިލް 2025” ގެ ނަމުގައި އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ބާއްވާ ޚާއްޞަ ހަރަކާތް، އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ހަރަކާތް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް އާޓް ގެލަރީގައެވެ.
އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރުތައް އެއްތަނަކުން ދައްކާލުމެވެ. މީގެ އިތުރުން، މި ފަރާތްތަކުގެ އުފެއްދުންތައް އާންމުންނަށް ވިއްކޭނެ މަގުތަނަވަސްކޮށްދީ، އެފަރާތްތައް އިގްތިސާދީގޮތުން ބާރުވެރިކުރުމަކީ ވެސް މި ހަރަކާތުގެ މުހިންމު އެއް މަޤްސަދެވެ.
ވުޒާރާއިން ދެއްވާ މައުލޫމާތުތަކަށް ބަލާއިރު، މި ހަރަކާތުގެ ތެރެއިން ސަގާފީ ތަފާތު ހަރަކާތްތަކާއި، މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް އިސްރަށްވެހިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާނެހެން ކުރިއަށް ގެންދެވޭނެއެވެ.
“ޝާމިލް 2025” ކުރިއަށްދާނެ ވަގުތުތަކަށް ބަލާއިރު، ނޮވެންބަރު 13 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. ހަމަ އެހެންމެ، ނޮވެންބަރ 15 އަދި 16 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 18:00 އަށާއި ރޭގަނޑު 20:00 އިން 22:00 އަށް މި ހަރަކާތް އާންމުންނަށް ހުޅުވާލެވިފައިވާނެއެވެ.
މި ގަޑިތަކުގައި ކޮންމެ ބޭފުޅަކަށްވެސް ނޭޝަނަލް އާޓް ގެލަރީއަށް ޒިޔާރަތްކޮށް، މި ފަރާތްތަކުގެ އުފެއްދުންތަކާއި ހަރަކާތްތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

