ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ އުމްރާ ގުރޫޕް ގެ ފަރާތުން ސްކޫލް ޗުއްޓީ އާ ދިމާކޮށް ވަރަށް ޙާއްސަ ޕްރޮމޯޝަންއެއް ވަނީ ފަށާފައެވެ. 14 ދުވަހުގެ މުއްދަތަށް ކުރިއަށް ދާ ޕްރޮމޯޝަންގެ ދަށުން ކުރާ ޢުމްރާ ދަތުރުތަކުގައިވެސް ފަރީ އުމްރާ ގްރޫޕްގެ ހުރިހާ ހިދުމަތްތަކެއް އެންމެ ފުރިހަމައަށް ލިބިގެންދާނެކަން ފާހަގަކޮށްފައިވެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ 14 ނޮވެމްބަރ 2025 އިން 28 ނޮވެމްބަރ 2025 ގެ ނިޔަލަށެވެ.
ފަރީމިސްގެ ގްރޫޕްގެ ހިދުމަތް ތަކުގެ ތެރޭގައި ހިލޭ 3 އުމްރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ، އަދި އިތުރު އުމްރާ ވުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އަދި މައްކާއާއި މަދީނާގެ މުހިންމު ތާރީހީ ތަންތަން ދައްކާލުންވެސް އޮންނެއެވެ. ދަތުރުގައި ދިވެހިންނާއި ގުޅޭ މީރު ކެއުން ލިބެން ހުރުމުގެ އިތުރުން އަލަށް ދާ ބޭފުޅުންގެ ކަންކަން ބެލެހެއްޓުމަށް ވަރަށް ޒުވާން އެހީތެރިން ތިބޭނޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެހީތެރިންގެ ތެރޭގައި އަންހެންބޭ ކަނބަލުންގެ ކަންކަން ބެލެހެއްޓުމަށް އަންހެން އެހީތެރިން އަދި ފިރިހެނުންގެ ކަންކަން ބެލެހެއްޓުމަށް ފިރިހެން އެހީތެރިން ތިބޭނޭކަމަށް ވަނީ ވިދާޅުވެފައެވެ.
ތިބޭ ހޮޓަލަކީ ފަސޭކަމާއެކު ހިނގާލާފައި މިސްކިތަށް ދެވޭ ކައިރި ހޮޓަލެއްކަންވެސް ފަރީމިސްގެ ވާހަކާގައި ވަނީ ފާހަގަ ކޮށްލާފައެވެ. އަދި މުހިންމު ކަމެއްގެ ގޮތުގައި ސިއްހީ އެހީތެރިން އަބަދުވެސް ހިދުމަތުގައި ތިބޭނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މި ހިދުމަތް ތަކުގެ އިތުރުން ދަތުރަށް ފުރުމުގެ ކުރިން ހޭލުންތެރިކަން އިތުރު ކުރުމަށް އޮންލައިން މީޓިންތައް ސިސްސިލާކޮށް ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭ ކުރިއަށްދާނެކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއީ ފަރީ މިސްއާއެކު އުމްރާއަށް ދާން ބޭނުންވާ އުމްރާވެރިންނަށް ލިބޭނެ ރަނުގެ ފުރުސަތެެއްކަން ފާހަގަކޮށްލަމެވެ. ބަލިހާލަތު ހުންނަގޮތުން ހިނގާފައި އުމްރާ ނުކުރެވޭ ބޭފުޅުންނަށް ގޮނޑީގައި ޢުމްރާ ކުރުމުގެ ފުރުސަތު ލިބިގެންދާނޭކަމަށްވެސް ވަނީ ވިދާޅުިވެފައެވެ.
ހުރިހާ އުމުރެއްގެ މީހުންނާއި ގުޅޭ އެހީތެރިންތަކެއް ފަރީމިސްގެ ޓިމްގައި މަސައްކަތް ކުރާކަމީ ދަތުރުގެ ބައިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ވަނީ ފާހަގަ ކޮށްފައެވެ.
ޕްރޮޕޯޝަންގެއަގަކީ -/26990ރ އެވެ.
މިއަހަރުގެ އެންމެ ފަހު ދަތުރު (ޑިސެމްބަރ ސްކޫލް ޗުއްޓީ އުމްރާ2025 )ގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާވެލިފައެވެ. އެގްރޫޕްގެ ވެރިޔާ ފަރީދާ ހަސަން ވިދާޅުވީ ދުނިޔޭގެ ކޮންމެތާކު ހުރެގެންވެސް ފަސޭހަކަމާއެކު ރެޖިސްޓްރީ ކޮށްލެވޭނެއެވެ. އެގޮތުންގޫގޫލް ފޯމް ފުރާލައިގެން ބޭނުންވާ ދަތުރެއްގައި ބައިވެރިވެވޭނެއެވެ. މި ފޯމްފޭސްބުކް ޕޭޖްއިން އަދި 9110909 އަށް ގުޅާލައިގެންވެސް ލިބެން ހުންނާނެކަން ފާހަގަކޮށްލެވެއެވެ. ވޭތުވެ ދިޔަ އަހަރުވެސް ވަރަށް ކާމިޔާބު ދަތުރުތަކެއްވަނީ ފަރީމިސްއާއެކު ކޮށްފައެވެ.

