އަންނަ އަހަރުން ފެށިގެން އެކަނިވެރި މައިންނަށް 12,000ރ އާ ހަމައަށް އެލަވެންސް ދޭން ފަށާނެކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުހާމަކުރަައްވައިފިއެވެ. މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް މިކަން ހާމަކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިޖްތިމާއީ ރައްކާތެރިކަން ގާއިމް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެލަވެންސް ކޮންމެ ކުއްޖަކަށް 3,000ރ އަށް ބޮޑުވެ، ހަތަރު ކުދިންނާއި ހަމައަށް 12,000ރ އާ ހަމައަށް އިތުރުވެގެން ދާނެ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެލަވެންސް ލިބޭ 5,443 އެކަނިވެރި މައިން ރަޖިސްޓްރީކޮށްފައިވެއެވެ. މިދިޔަ 3 އަހަރުގެ ތެރޭގައި އެކަނިވެރި މައިންނާއި ބަފައިންނަށް އެހީވުމުގެ ގޮތުން ސަރުކާރުން އެންމެ ގިނައިން ޚަރަދުކުރީ 2019 ވަނަ އަހަރު 62.6 މިލިޔަން ރުފިޔާއެވެ. 2018 ވަނަ އަހަރު 51.5 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ.

