ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކު، "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން މިހާތަނަށް އާއިލާތަކާ ޙަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެންވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕްރޮގްރާމަކީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްސަކޮށް ހިންގުމަށް ނިންމާފައިވާ، ސަރުކާރުން އިޖްތިމާޢީ ދާއިރާއިން އެންމެ އިސްކަންދޭ އެއް މަސައްކަތެވެ. ކޮންމެ ކުއްޖަކަށް ހެޔޮ ގޮތުގައި ބޮޑުވެ، ރައްކާތެރި މާޙައުލެއްގައި އުޅެވޭނެ އާއިލާއެއް ފޯރުކޮށްދިނުމަކީ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދެވެ.

