ހިޔަލަ ހޭންޑްބޯޅަ މުބާރާތުގައި ރޭ ކުޅުނު އަންހެން ޑިިވިޝަނުގެ ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗުގައި، ސިޓީ ސްޓަރސް އިން ވެމްކޯ ބޮޑުތަފާތަކުން ބަލިކޮށް އިތުރު 3 ޕޮއިންޓާ އެކު ކުރިއަށް ޖެހި ލީޑް ފުޅާކޮށް، ހަމަޖެހިލައިފިއެވެ.
ތިނަދޫ ސިޓީ ސްޓޭޑިއަމްގައި ކުރިއަށް ދާ މުބާރާތުގައި ރޭ ކުޅުނު ފޯރި ގަދަ މެޗުގައި ސިޓީ މިވަނީ ވެމްކޯ ގޯލަށް 35 ގޯލު ވައްދާފައެވެ. ވެމްކޯއިން ހެދުނީ 13 ގޯލެވެ. އެހެންކަމުން މުބާރާތުގައި ފުރަތަމަ ފަހަރަށް ވެމްކޯ ބަލިވެ، ސިޓީ މިވަނީ ލީޑް ފުޅާ ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވުނީ ސިޓީ ސްޓާގެ ޖާޒީ 13، ފާތުމަތު ނިއުޝާ އެވެ. ރޭގެ މެޗުގައި ނިއުޝާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
ހަވަރު ސްޕޯޓްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ "ހިޔަލަ ހޭންޑްބޯލް" މުބާރާތް ކުރިޔަށް ދަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ހޭންޑްބޯލް ދަނޑުގައެވެ.
މި މުބާރާތުގެ މެޗްތައް ލައިވް ކުރަނީ މިހާރު ރާއްޖޭގައި އެންމެ ފުރިހަމައަށް އިވެންޓްތައް ލައިވް ކަވަރ ކުރާއެއް ފަރާތް ކަމުގައިވާ އިވެންޓް ކާސްޓް މޯލްޑިވްސް އިންނެވެ .


