ތިނަދޫސިޓީ ޑަބްލިއުޑީސީ ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް7 ގެ އަންހެން ޑިވިޝަންގެ ފައިނަލަށް ސިޓީ ސްޓަރސް ހިނގައްޖެއެވެ. ސިޓީ ފައިންލް ފުރަތަމަ ޖާގަ ކަށަވަރުވީ ފިޓް ފެމަނައިން އާއެކު ރޭ ކުޅުނު މެޗު 32-07 ގޯލުން ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވައިފައި ވަނީ އެންމެ ފަހުން ސިޓީ ކުޅުނު މެޗުގައިވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސިޓި ޓީމުގެ ނިއުޝާއެވެ.
ސިޓީ ފައިނަލުން ޖާގަ ހޯދިއިރު އިތުރު އެއް މެޗު ޝެޑިއުލްގައި އިނެވެ. ނަމަވެސް ދަނޑެކޮޑިއަންސް މުބާރާތުން ސަސްޕެންޑު ކުރުމާއި ގުޅިގެން އެ އެމެޗުގެ 3 ޕޮއިންޓާއި 10 ގޯލް ވަނީ ސިޓީ ލިބިފައެވެ. ނަތީޖާއަށް ބަލާއިރު ސިޓީ މިވަނީ 12 ޕޮއިންޓާއި 100 ގޯލާއި އެކު މުބާރާތުގެ ހުރިހާ މެޗެއް ކާމިޔާބު ކާމިޔާބު ކޮށް ތާވަލުގެ 1 ވަނަ އަށް އަރާފައެވެ.
ރޭ ކުޅޭ އޭއެސްއެމްއެޗް އަދި ވެމްކޯ މެޗަކީ ފައިނަލް ގެ 2 ވަނަ ޖާގަ އެނގިގެންދާނެ 2 ޓީމަށް ވެސް މުހިންމު މެޗެކެވެ.
ހަވަރު ސްޕޯޓްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "ހިޔަލަ ހޭންޑްބޯލް" މުބާރާތް ކުރިޔަށް ދަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ހޭންޑްބޯލް ދަނޑުގައެވެ.
މި މުބާރާތުގެ މެޗްތައް ލައިވް ކުރަނީ މިހާރު ރާއްޖޭގައި އެންމެ ފުރިހަމައަށް އިވެންޓްތައް ކުރާއެއް ފަރާތް ކަމުގައިވާ އިވެންޓް ކާސްޓް މޯލްޑިވްސް އިންނެވެ.


