ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ފަތުރުވެރިކަމަށް ޚާއްސަކޮށްފައިވާ ބިމުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އަނެއްކާވެސް އިޢުލާންކޮށްފިއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބާރަށުގައި ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަން ކުރިއެރުވުމަށް ފެށި މަޝްރޫޢެކެވެ.
މިރަށުގައި ހޮޓަލެއް ތަރައްޤީ ކުރުމަށް ބަޔަކު ހޯދަމަށް ފުރަތަމަ އިޢުލާން ކުރީ، މިދިޔަ ޖޫން މަަހުގެ 25 ވަނަ ދުވަހުއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ބާރަށުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) މީޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އަލުން ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމީ، ކުރިން ހުޅުވާލި ފުރުސަތަށް އެދެވޭ މިންވަރަށް ހުށަހެޅުންތައް ލިބިފައިނުވާތީ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
- ތާރީޚާއި ވަގުތު: 23 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި.
- ބައްދަލުވުން އޮންނާނީ: ވަރޗުއަލްކޮށް.
- ބައިވެރިވުމަށް އެދޭ ފަރާތްތަކުން 22 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން
- ވުޒާރާގެ އީމެއިލް އެޑްރެސްއަށް (ބައިވެރިވާ ފަރާތެއްގެ ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު) އީމެއިލް ކުރެއްވުން އެދެއެވެ.
ބީލަން ހުށަހެޅުމާއި ފޮތް ލިބޭނެ ގޮތް:
- ބީލަން ހުށަހެޅުއްވުމުގެ ސުންގަޑި: 27 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 10:00.
- ބީލަން ފޮތް ލިބޭނެ މުއްދަތު: 19 ނޮވެންބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އާއި ދެމެދު.
- ބީލަން ފޮތް ލިބޭނެ ތަން: ފަތުރުވެރިކަމާބެހޭ ވުޒާރާގެ ރިސެޕްޝަނުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން.

