ތިނަދޫ ސިޓީގައި ކުރިއަށްދާ ހިޔަލަ ހޭންޑްބޯޅަ މުބާރާތުގައި ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގެ އެއް ވަނަ ހޯދައި 2 ވަނަ ބުރުގެ ފެށުންވެސް ގަދަކޮށް ދެއްކި ކްލަބް ވެމްކޯ ބަލިކޮށް ސްކޯޕިއަންސް ސީދާ ފައިނަލާ ދިމާއަށް މިސްރާބު ޖަހައިފިއެވެ.
ރޭގެ މެޗުގައި ސްކޯޕިއަންސް މޮޅު ހޯދީ 23-14 އިންނެވެ. ރޭގެ މެޗުން މޮޅު ކުޅުންތެރިޔާ އަކަށް ހޮވުނީ ސްކޯޕިއަންސް ޖާޒީ ނަނަންބަރ 7 މުހައްމަދު ޔަޝްމު އަހުމަދު އެވެ. މި މެޗާ އެކު ސްކޯޕިއަންސް އަށް ވަނީ 6 ޕޮއިންޓު ލިބިފައެވެ.

ރޭގެ މެޗުން މޮޅު ކުޅުންތެރިޔާ އަކަށް ހޮވުނީ ސްކޯޕިއަންސް ޖާޒީ ނަނަންބަރ 7 މުހައްމަދު ޔަޝްމު އަހުމަދު
އެއް މެޗުން ބަލިވިޔަސް ވެމޯކޯ އާއި ސްކޯޕިއަންސް ފައިނަލްގައި ބައްދަލު ކުރާނެއެވެ.

