ތިނަދޫ ސިޓީގައި ކުރިއަށްދާ ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ "ހިޔަލަ" ހޭންޑްބޯޅަ މުބާރާތުގައި ސިޓީ ސްޓަރސް އާ ދެކޮޅަށް ފައިނަލުގައި ވާދަ ކުރާނެ ޓީމު ގެ ގޮތުގައި އޭއެސްއެމްއެޗް އާރްސީ ހޮވިއްޖެ އެވެ. އެ ޓީމު ފައިނަލަށް ދިޔައީ ރޭ ކުޅުނު އަންހެން ޑިވިޝަން މެޗުގައި ކްލަބް ވެމްކޯ 19-39 އިން ބަލި ކޮށްގެންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވުނީ އޭއެސްއެމްއެޗްގެ ޖާޒީ ނަންބަރ 9 ޒައިނާ އެވެ. ރޭގެ މެޗުގެ ނަތީޖާ އާއި ކުޅުމަށް ބަލާއިރު އޭއެސްއެމްއެޗްގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮއްފައި ވާކަން ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް ކުއީން އޮފް ދަ މެޗް ލިބުނު ޒައިނާ ގެ ކުޅުން ފާހަގަ ކުރެވެއެވެ.
ހަވަރު ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި މުބާރާތަކީ މީގެ ކުރިން ބޭއްވި ހިޔަލަ މުބާރާތް ތަކަށް ވުރެ ވަރަށް ބޮޑުތަނުން ފެންވަރު ރަނގަޅު މުބާރާތެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.
މި މުބާރާތުގެ ލައިވް ޕާޓްނަރަކީ އިވެންޓްކާސްޓް އެވެ.


