މި ފަހަކަށް އައިސް ފުޓްސަލް އާއި ހޭންޑްބޯޅަ މުބާރާތްތައް ކޮންމެ ރަށެއްގައިވެސް ބޭއްވުމަކީ ވަރަށް އާންމު ކަމެކެވެ. ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ކްލަބުތަކާ ޙަވާލު ކޮށްގެން ކޮންމެ އަހަރަކުވެސް މި މުބާރާތްތައް ރަނގަޅު ފެންވަރުގައި ކުރިޔަށް ގެންދިޔުމަކީ ކޮންމެހެން މަޖުބޫރު ކަމަކަށް ވަނީ ވެފައެވެ.
އިޖުތިމާޢީ މި ރޫޙުގައި އެންމެ މުހިންމު އަދި އެންމެ އުނދަގޫ ކަމަކީ މުބާރާތްތައް ފެންވަރު ރަނގަޅު އަދި "ޒަމާނަށް ފެތޭ ލެވެލުގައި" ލައިވްކޮށް ދެއްކުމެވެ. ފަހުގެ އާލާތްތައް ހުންނަ ޤާބިލު ބަޔަކު ލައްވާ އެކަން ކުރުމެވެ.
އެކަމަށް ނަޒަރު ހިންގާލާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިވެންޓްތައް ލައިވް ކުރަމުން ދާއިރު އިނގިލިން ގުނާލެވޭ މަދު ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއްބަޔަކީ އިވެންޓްކާސްޓް މޯލްޑިވްސް އޭ ބުނުމުން ހަމަ ޔަޤީނުންވެސް ކުޅިވަރުތަކަށް ލޯބިކުރާ ނުވަތަ ކުޅިވަރުގެ އާއިލާ އިން ދެކޮޅެއް ނުހަދާނެއެވެ. އޭގެ ބައެއް ހެކިތައް މި ކުރު ލިޔުމުގައި ފާހަގަ ކޮށްލާނަމެވެ.
އެންމެ ފުރަތަމަ ކަމަކީ ބޭނުންކުރާ ވަސީލަތްތައް ފެންވަރު ރަނގަޅު ވުމެވެ. ޙަރަކާތް ބެލުންތެރިންނާ ހަމަޔަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުމަށް ދޭ ސަމާލުކަމެވެ. ޓީމް ވަރކްއެވެ. އަދި އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ.
މިހާރު ތިނަދޫ ސިޓީގައި ކުރިޔަށް ދާ ތިނަދޫ ސިޓީ ޑަބްލިއުޑީސީ ހިޔަލަ ހޭންޑްބޯލް މުބާރާތުގެ ރޭ ކުޅުނު ފިރިހެން ޑިވިޝަން މެޗަށް އެކަނި ބެލިކަމުގައި ވިޔަސް މިދެންނެވި ނުކުތާތަކާ މެދު އުފެދޭނެ ސުވާލެއް ނެތެވެ.
ދިވެހި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ހޭންޑްބޯޅަ މުބާރާތެއްގައި ވީއާރު ނުވަތަ ވީޑިއޯ ރީޕްލެއި ބަލައިގެން ރެފްރީ ގޮތް ނިންމިއެވެ. ބައިނަލްއަގުވާމީ ފެންވަރުގެ (އިންޓަނޭޝަނަލް ލެވެލްގެ) ރެފްރީއެއް ކަމުގައިވާ ޝިޒްނާ ރަޝީދު އަދި ރެފްރީ އަބދުﷲ ސަމީހު ތިނަދޫ ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިވެންޓްކާސްޓް ލައިވް ތެރެއިން ވީއޭއާރު ބަލައި ނިޔާ އިއްވާ ރެކޯޑް ފޮތުން ޖާގަ ހޯދި އިރު 2022 ވަނަ އަހަރު ޓޭޑް ޖަމިއްޔާއިން ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތެއްގައި ވީއޭއާރު ބޭނުން ކޮށްގެން މެޗެއްގެ ނިޔާ ވަނީ އިއްވާފައެވެ. އެ ކަން ވެސްވީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފުޓްސަލް މުބާރާތެއްގައި ވީއޭއާރު ބޭނުން ކުރި ކަމުގެ ރެކޯޑު ކަން ފާހަގަ ކޮށްލަންޖެހެއެވެ.



