ޞައްޙަނޫން ޙަދީޘްތައްވެސް އެބަހުއްޓެވެ. އޭގެތެރެއިން ޞައްޙަ ބައެއްޙަދީޘް ތިރީގައި ހިމަނާލަމެވެ.
ކަހަފް ސޫރަތުގެ މާތްކަމާއި ބެހޭގޮތުން އެތައް ޙަދީޘްތަކެއް ވާރިދުވެގެންވެއެވެ. އޭގެ ތެރެއިން ބައެއް ޙަދީޘްތަކަކީ ޞައްޙަ ޙަދީޘް ތަކުގައި ވީއިރު
އަބުއްދަރުދާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ މުޙަމައްދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ކަހަފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާކު ެދައްޖާލުގެ ކިބައިން ރައްކާތެރިވެގެންވެއެވެ." އަދި ބައެއް ރިވާޔަތްތަކުގައި ‘ކަހަފު ސޫރަތުގެ ފަހު 10 އާޔަތް…" މިފަދައިންވެސް ވާރިދުވެގެންވެއެވ.
އަދިވެސް ރިވާވެގެންވެއެވެ.
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ކަހަފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާ ދައްޖާލުގެ "ފިތުނައި" ރައްކާތެރިވެގެންވެއެވެ."
ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "ހުކުރު ދުވަހުގެ ކަހަފް ސޫރަތް ކިޔަވައިފިމީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ."
ކަހަފު ސޫރަތުގައި މަތިވެރިވެގެންވާ އެތައް އަމުރުފުޅުތަކަކާއި އިހުގެ އުންމަތްތަކުގެ ވާހަކަތައް މާތް ﷲ ވަނީ ބަޔާންކުރައްވާފައެވެ. ހަމައެފަދައިން ހުކުރު ދުވަހަކީ މާތްވެގެންވާ ދުވަހެއްކަން ޞައްޙަ ޙަދީޘްތަކުން ޡާބިތުވެގެންވެއެވެ. ވީމާ މިފަދަ ހެޔޮކަމުގެ ފުރުޞަތުތައް ގެއްލިގެންދިޔަ ނުދޭށެވެ.

