ތިނަދޫސިޓީ ޑަބްލިއުޑީސީ ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް7 ގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ސިޓީ ސްޓަރސް އާއި އޭއެސްއެމްއެޗް އަދި ފިރިހެން ޑިވިޝަން ގައި ވެމްކޯ އާއި ސްކޯޕިއަންސް މިރޭ ބައްދަލު ކުރާނެއެވެ. ފޯރިގަދަ މެޗް ތަކަކަށް ފަހު މި 4 ޓީމު ފައިނަލަށް ނުކުންނަ އިރު ކްލަބް ވެމްކޯއިން ބުނީ އެ ޓީމުގެ އޮތީ ވަރަށް ބޮޑަށް ތައްޔާރު ވެފައި ކަމަށާއި އެއްވެސް ކުޅުންތެރިއެއްގެ އަނިޔާއެއް ވެސް މިހާރު ނެތް ކަމަށެވެ.
ސްކޯޕިއަންސް އިން ބުނީ އެ ޓީމުގައި ބައެއް ކުޅުންތެރިން އަނިޔާގެ މައްސަލަ ހުރި ނަމަވެސް އެންމެ ފަހު ވަގުތު ވެސް މަސައްކަތް ކުރާނީ ތަށްޓަށް ކަމަށެވެ.
އޭއެސްއެމްއެޗް އިން ބުނީ މެޗް ފަސޭހަނުވި ނަމަވެސް ފައިޓްކޮށް ތަށި ނަގާނެ ކަމަށެވެ.
ސިޓީ ސްޓާރަސް ގެ ކޯޗު ބުނީ ކުރިން ވެެސް ކުޅުނު ފޯމުގައި ކުޅެން ކުޅުންތެރިން ތައްޔާރު ވެފައި ކަމަށާއި ފައިނަލުގައި ކުޅޭނީ ފައިނަލް މެޗަކީ އަބަދުވެސް ތަފާތު ވާނެ މެޗަކަށް ކަމަށް ބަލައި ކުރިއަށް ވުރެ ރަނގަޅު ކުޅުމަށް ކުޅެ މޮޅުވާން ކަމަށެވެ.
ހަވަރު ސްޕޯޓްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "ހިޔަލަ ހޭންޑްބޯލް" މުބާރާތް ކުރިޔަށް ދަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ހޭންޑްބޯލް ދަނޑުގައެވެ.
މި މުބާރާތުގެ މެޗްތައް ލައިވް ކުރަނީ މިހާރު ރާއްޖޭގައި އެންމެ ފުރިހަމައަށް އިވެންޓްތައް ކުރާއެއް ފަރާތް ކަމުގައިވާ އިވެންޓް ކާސްޓް މޯލްޑިވްސް އިންނެވެ.
މި މުބާރާތުގެ މުހިއްމު ޕަރޓްނާސް: ބޭންކް އޮފް މޯލްޑިވްސް
- – ޕްލެޓިނަމް ޕާޓްނަރ
- އުރީދޫ މޯލްޑިވްސް – ޑިޖިޓަލް ޕާޓްނަރ
- އަލީކެފޭ’ – ގޯލްޑް ޕާޓްނަރ
- ކެފޭ ޑޫޑް – ގޯލްޑް ޕާޓްނަރ
- ހައިތަރީ ކެފޭ’ – ގޯލްޑް ޕާޓްނަރ
- ވޯޓަރޑެކް – ގޯލްޑް ޕާޓްނަރ
- ޒިމަރމަން ރެސްޓޯރެންޓް – ގޯލްޑް ޕާޓްނަރ
- ތިނަދޫ ސިޓީ ކައުންސިލް – އެސޯސިއޭޓް ޕާޓްނަރ
- ތިނަދޫ ސިޓީ ސްޓޭޑިއަމް – އެސޯސިއޭޓް ޕާޓްނަރ
- އިވެންޓް ކާސްޓް މޯލްޑިވްސް – އޮފިޝަލް މީޑިއާ ޕާޓްނަރ
- ހުވަދޫ މީޑިއާ – އެސޯސިއޭޓް މީޑިއާ ޕާޓްނަރ
- އަދަދު – އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރ
- ފޮޓޯ މޯލްޑިވްސް – އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރ
- ނޮވާޓެކް – ޕްރިންޓިންގ ޕާޓްނަރ
- އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް – މެޑިކަލް ޕާޓްނަރ
- މޯލްޑިވްސް ޕޮލިސް ސަރވިސް – ސެކިއުރިޓީ ޕާޓްނަރ



