ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް މިހާތަނަށް 3000 އަށްވުރެ ގިނަ ޓަނުގެ ކާގޯ ވަނީ އުފުލާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއްޖެއެވެ.
މިއީ މި ސަރުކާރުން މުޅިން އަލަށް ފެށިފައިވާ ޚިދުމަތެއް ކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ. މި ޚިދުމަތަކީ ދުނިޔޭގެ ގިނަ ޤައުމުތަކުން ކުރަމުން އަންނަ އަދި އެ ޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ރާއްޖޭގައި ފަށާފައިވަނީ 15 މެއި 2024 ގައެވެ. ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، 15 މެއި 2024 އިން 7 ނޮވެންބަރ 2025 ގެ ނިޔަލަށް މި ޚިދުމަތަށް 17 އެއަރލައިނަކުން ވަނީ ގުޅިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ވައިގެ މަގުން 24 ޤައުމަކަށް މުދާ ފޮނުވާފައިވެއެވެ. ޖުމްލަ 3617 ޓަނުގެ ކާގޯ ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް އުފުލާފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެންނެވެ. މި ޚިދުމަތަށް އެންމެ ފުރަތަމަ ގުޅިފައިވަނީ ޓާކިޝް އެއަރލައިނެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި، ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިޞާދަށް އެތައް މިލިޔަން ޑޮލަރު ވަދެފައިވެއެވެ. ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރުތައް ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް ރާއްޖެއަށް

