ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން ތިނަދޫ ސިޓީއަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ ހިޔަލަ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން، އެއްގޯލްގެ ތަފާތަކުން ސްކޯޕިއަންސް ބަލިކޮށް ކްލަބް ވެމްކޯ ހޯދައިފިއެވެ.
ކުޅިވަރު މުބާރާތްތައް އިންތިޒާމުކޮށް ހިންގުމުގައި ތަޖުރިބާކާރު ޖަމްޢިއްޔާއެއް ކަމުގައިވާ ހަވަރު ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތަށި ވެމްކޯ އިން ހޯދި އިރު މި ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީވެސް އެޓީމުގެ ކޯޗު އަހުމަދު ރަޝިދުއެވެ. މީގެ އިތުރުން ފައިންލް މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ވެމްކޯގެ ހޮވުނު އިރު މުބާރާތް އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ވެމްކޯގެ 4 ކުޅުންތެރިން ވަނީ ހިމެނިފައެވެ. އެ ކުޅުންތެރިންނަކީ އިބްރާހިމް ލުތުފީ، އައްފާން، މުނީޒް، ޝިމައު ޖައުފަރުއެވެ. އޭގެ އިތުރުން ހިމެނެނީ ފަޔަރ ސްޓޯމްގެ ޝަހުބާން، ސްކޯޕިއަންސްގެ ޔަޝް އަލީ ހަސަންއެވެ
ރަނަރަޕް ޓީމަކީ ސްކޯޕިއަންސް އެވެ. މި ޑިވިޝަންގެ ފެއަރ ޕްލޭ ޓީމަކީ ފަޔަރ ސްޓޯމްއެވެ. ޖުލްލަ 3 ޓީމު ބައިވެރިވި މި ޑިވިޝަންގެ މޯސްޓް ވެލޫބަލް ޕްލެޔަރ އަކީ ސްކޯޕިއަންސްގެ ޔަޝް އެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކީ ފަޔަރ ސްޓޯމްގެ މާއިޝްއެވެ.
މި މުބާރާތުގެ މުހިއްމު ޕަރޓްނަރސް:
- ބޭންކް އޮފް މޯލްޑިވްސް- ޕްލެޓިނަމް ޕާޓްނަރ
އުރީދޫ މޯލްޑިވްސް – ޑިޖިޓަލް ޕާޓްނަރ
އަލީކެފޭ’ – ގޯލްޑް ޕާޓްނަރ
ކެފޭ ޑޫޑް – ގޯލްޑް ޕާޓްނަރ
ހައިތަރީ ކެފޭ’ – ގޯލްޑް ޕާޓްނަރ
ވޯޓަރޑެކް – ގޯލްޑް ޕާޓްނަރ
ޒިމަރމަން ރެސްޓޯރެންޓް – ގޯލްޑް ޕާޓްނަރ
ތިނަދޫ ސިޓީ ކައުންސިލް – އެސޯސިއޭޓް ޕާޓްނަރ
ތިނަދޫ ސިޓީ ސްޓޭޑިއަމް – އެސޯސިއޭޓް ޕާޓްނަރ
އިވެންޓް ކާސްޓް މޯލްޑިވްސް – އޮފިޝަލް މީޑިއާ ޕާޓްނަރ
ހުވަދޫ މީޑިއާ – އެސޯސިއޭޓް މީޑިއާ ޕާޓްނަރ - ފޮޓޯ މޯލްޑިވްސް – އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރ
ނޮވާޓެކް – ޕްރިންޓިންގ ޕާޓްނަރ
އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް – މެޑިކަލް ޕާޓްނަރ
މޯލްޑިވްސް ޕޮލިސް ސަރވިސް – ސެކިއުރިޓީ ޕާޓްނަރ



