ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ބިންތައް ދޫކުރީ އުސޫލާ އެއްގޮތަށް ދެ ފުށްފެންނަ ގޮތަށް ކަމަށް އޭރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
މާލޭ ސަރަހައްދުގެ ބައެއް ބިންތައް ކުއްޔަށް ދޫކުރީ ކައުންސިލުގައި މަޝްވަރާކުރުމެއް ނެތި ކަމުގައި ކައުންސިލުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ބައެއް ކައުންސިލަރުންް ތުހުމަތުކުރެއްވުމާ ގުޅިގެން ހުވަދޫމީޑިއާއިން ކޮށްލި ސުވާލަކަށް ޖަވާބު ދެއްވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަދި މިހާރުގެ ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަޙްމަދު ނަރީޝް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަން ކުރެއްވި އިރު، ބިންތަކާ ގުޅޭ ހުރިހާ ނިންމުންތަކެއް ނިންމާފައިވަނީ ކައުންސިލުގެ ފްލޯއިން ފާސްކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަދި ކައުންސިލު ފްލޯއިން ގޮތްތަކެއް ނިންމައިގެން ކަމަށެވެ. މިކަން ހާމަކުރެއްވީ އެއިރު މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަދި މިހާރުގެ ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަޙްމަދު ނަރީޝް އެވެ.
ނަރީޝް ވިދާޅުވީ ރައީސް މުޢިއްޒު މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު ކައުންސިލު ހިންގާނެ އުސޫލެއް ކައުންސިލުގެ ފްލޯއިން ފާސްކުރެއްވި ކަމަށާއި އެ އުސޫލުގައި ކަނޑައަޅާފައިވަނީ ކައުންސިލުގެ ހުރިހާ ކަމެއް، ޚާއްސަކޮށް ރައްޔިތުން މާލީ އިލްތިޒާމުވާންޖެހޭ ކަންކަން، ކައުންސިލުގެ ފްލޯއަށް ހުށަހަޅައިގެން ނިންމަންޖެހޭނެ ކަމަށެވެ.
މާލޭގެ ބިންތައް ކުއްޔަށް ދޫކުރެވޭނީ ކައުންސިލުގެ ފްލޯއިން ކަނޑައަޅާ އުސޫލެއްގެ ދަށުން، އެކަމަށް ހާއްސަކޮށް އެކުލަވައިލާ ކޮމިޓީތަކުން ނިންމައިގެން ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.ކައުންސިލުން ބިންތައް ކުއްޔަށް ދޫކުރުމުގައި ޢަމަލުކޮށްފައިވަނީ މި އުސޫލުތަކާ އެއްގޮތަށް ކަމަށް ކުރީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވިއެވެ.ރައީސް ޑރ. މުޢިއްޒު ރައީސްކަމަށް ވަޑައިގަތުމާ ހަމައަށްވެސް، ކައުންސިލު ފްލޯއަށް ނުވަތަ ފްލޯއިން ބާރުދީފައިވާ ކޮމިޓީއަކުން ނިންމައިގެން ނޫން ގޮތަކަށް އެއްވެސް ބިމެއް ދޫކޮށްފައި ނުވާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ. ބިން ކުއްޔަށް ދޫކުރުމުގެ އުސޫލަކީ ޕްރޮޕޯސަލް ހުށަހަޅައިގެން، ކައުންސިލު ފްލޯއިން ނުވަތަ ބާރު ލިބިފައިވާ ކޮމިޓީއަކުން އިވެލުއޭޓުކުރުމަށްފަހު ނިންމުން ކަމަށާއި، މި އުސޫލު އެކުލަވައިލާފައިވަނީ ކައުންސިލުގެ ފްލޯގައި މަޝްވަރާކުރުމަށްފަހުއެވެ.
ޑރ. މުޢިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު އުސޫލުން ބޭރުން ނުވަތަ ގާތް މީހަކަށް މަންފާއެއް ހޯދައިދިނުމަށް ދޫކުރި އެއްވެސް ބިމެއް ނޯންނާނެ ކަމަށް ކުރީގެ ޑެޕިއުޓީ މޭޔަރު ޔަގީންކަން ދެއްވިއެވެ.
ަނަރީޝް އިތުތަށް ވިދާޅުވީ، ރައީސް މުއިއްޒުގެ މަގުބޫލުކަން އިތުރުވަމުންދާތީ، އިދިކޮޅު ފަރާތްތަކުން އެކަމަށް ރައްދުދެމުންދަނީ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރައިގެން ކަމަށެވެ. ނަރީޝް ވިިދާޅުވީ ކޮންމެ ފަހަރަކުވެސް ރައީސް ޑރ މުހައްމަދު މުއިއްޒު މާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ހާލު ގާތުން ބައްލަވައި، ރައްޔިތުން ހިތުގެ އަޑިން ރައީސަށް އިތުބާރާއި ޔަގީންކަން ދެއްވަން ފެށުމާއެކު މިއީ އެމްޑީޕީ މީހުންގެ ފަރާތުން ފެންނަ މަންޒަރެއްކަމަށެވެ. “މިއީ ދޮގު ވާހަކަ ފެތުރުން، އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް.”

