ބާރުގަދަ ތޫފާނެއް ކަމުގައިވާ ދިތުވާއާ ގުޅިގެން އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވެފައިވާ ވިއްސާރައިގެ ސަބަބުން އެޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު މަރުވެ އަދި އެތައް ބަޔަކު ޙާލުގައި ޖެހިފައިވާތީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އިން ޚާއްސަ ޓެލެތޯނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. މި ޓެލެތޯންގެ މަޤްޞަދަކީ ލަންކާގެ ރައްޔިތުންނަށް ދިމާވެފައިވާ މި ހިތާމަވެރި ޙާލަތުން އަރައިގަތުމަށް ދިވެހިރާއްޖޭގެ އެހީތެރިކަން ހޯދުމެވެ.
މި ޓެލެތޯން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާދަމާ، 30 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހު ހެނދުނު 9:00އިން ފެށިގެން މެންދަމު 1:00އަށެވެ. ޕީއެސްއެމުން ވަނީ މި ހަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ނޫސް މީޑިއާތަކަށް ދަޢުވަތު އަރުވާފައެވެ. އަދި މި ޚަރަކާތް ކާމިޔާބުކުރުމަށްޓަކައި އެހީތެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށް، ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށްވެސް ވަނީ ހުޅުވާލާފައެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. ދެ ޤައުމުގެ ރައްޔިތުންނަކީ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް ސްރީލަންކާއެވެ. މި ގާތް ގުޅުމުގެ ސަބަބުން، ޕީއެސްއެމުން ވިދާޅުވީ ލަންކާއަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ޙާލަތުގައި ދިވެހިންނަށް ދެވެން އޮތް ކޮންމެ އެހީތެރިކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ޕީއެސްއެމްގެ އަމާޒަކީ މި ހަރަކާތުގެ ތެރެއިން ލަންކާގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ޓެލެތޯން ކުރިއަށް ދާނެގޮތުގެ އިތުރު ތަފްސީލްތަކާއި، ފައިސާ ހަދިޔާކުރެވޭނެ ގޮތްތަކުގެ މައުލޫމާތު މިއަދާއި މިރޭ ޕީއެސްއެމްގެ މީޑިއާތަކުން ހާމަކުރަމުން ގެންދާނެއެވެ. ޕީއެސްއެމްއިން ހުރިހާ ދިވެހި ރައްޔިތުންނަށް މި ހަރަކާތުގައި ބައިވެރިވެ، އަވަށްޓެރި ޤައުމަށް އެހީތެރިވުމަށް ގޮވާލައެ

