ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން މަރުވެފައި އޮތް ފިރިހެނެއް ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންނަށް މިކަމުގެ ރިޕޯޓު ލިބިފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:14 ހާއިރެވެ.
ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، ހަރަކާތްތެރިވާން ފަށާފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މަރުވެފައި އޮތް ކަމަށް ފެނިފައިވަނީ ފިރިހެނެކެވެ. މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ހުރިހާ ކަމެއް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. މަރުވި ސަބަބާއި، މި ހާދިސާ ހިނގި ގޮތާ ބެހޭގޮތުން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

