“ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް” ގެ ވެރިޔާ ހުސައިން ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި މައްސަލައަކީ މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބި، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެކެވެ.
ފުލުހުން ވިދާޅުވީ ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާތީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ދަނީ ބަލަމުން ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހުސައިން ސަނީ އުމަރަކީ “ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް” ގެ ވެރިޔާއެވެ. މި ކުންފުންޏަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި، ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމެކެވެ.
މި މައްސަލަ މީސް މީޑިއާގައި ފެންމަތިވެ، ބޮޑުވެގެން ދިއުމާއެކު ސަނީ އުމަރު ރާއްޖެ އިން ބޭރަށް ފުރާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ތުހުމަތުތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރިއަށް ގެންދާ އިރު، މިފަދަ ނާޒުކު މައްސަލަތަކުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަމާލުކަން ދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

