ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހީން” ޓެލެތޯނަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވެސް އެހީއެއް ފޯރުކޮށްދީފިއެވެ. އެމްޓީސީސީގެ ފަރާތުން މި ޓެލެތޯނަށް ހަދިޔާކޮށްފައިވަނީ 100،000 (އެއް ލައްކަ) ރުފިޔާއެވެ.
މިއީ ލަންކާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގައި އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި ފަރުދީ ގޮތުންވެސް ގިނަ ބަޔަކު ބައިވެރިވަމުން އަންނަ ހަރަކާތެކެވެ. 16 ގަޑިއިރަށް ކުރިއަށްގެންދާ މި ޓެލެތޯނުގައި އެކި ފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
“ސިލޯނާއެކު ދިވެހީން” ޓެލެތޯނަކީ ޕީއެސްއެމްގެ އިތުރުން ރާއްޖޭގެ 37 މީޑިއާއެއް ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ. މި ޓެލެތޯން މިހާރު ފަށާފައިވާއިރު، މިރޭ މެންދަމު 1:00 ޖެހުމާ ހަމައަށް މި ހަރަކާތް ކުރިއަށްދާނެއެވެ. ލަންކާއަށް އެހީވުމުގެ މި ފުރުޞަތު ދިވެހި ހުރިހާ ރައްޔިތުންނަށާއި، ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށްވެސް ވަނީ ހުޅުވާލާފައެވެ.
މި ޓެލެތޯންގެ ތެރެއިން މިހާތަނަށް 2.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަދި 38،000އަށްވުރެ ގިނަ ޑޮލަރު އެހީގެ ގޮތުގައި ވަނީ ލިބިފައެވެ. ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި ރާއްޖެއިން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް ސްރީލަންކާއަށް ވާއިރު، މިފަދަ ދަނޑިވަޅެއްގައި

