ގެއްލިގެން ހޯދަމުންދިޔަ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ޝިބާ ރަޝީދު ވަނީ 2025 ނޮވެމްބަރު 30 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި އަމިއްލައަށް ގެއަށް އައިސްފައެވެ. ފުލުހުން ވިދާޅުވީ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.
ޝިބާ ރަޝީދު އަކީ ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 14 އަހަރުގެ ކުއްޖެކެވެ. އޭނާ ގެއިން ނުކުމެގެން ގޮސްފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ފަތިހު 05:55 ގައެވެ. އޭގެ ފަހުން އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާއިން ރިޕޯޓުކުރީ ހަމަ އެދުވަހުއެވެ.
މި ރިޕޯޓާއި ގުޅިގެން ފުލުހުންގެ އެކި ބަހާތައް ގުޅިގެން ކުއްޖާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށިއެވެ.

