މާޅޮސްމަޑުލު އުތުރުބުރީ އުތީމަށް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޗެއަރމަން މުހައްމަދު ޝަހީމް އާދަމް އަދި އެ ކޯޕަރޭޝަންގެ އިސްވެރިންތަކެއް މިދިޔަ ބުރާސްފަތި ދުވަހު ޒިޔާރަތް ކުރައްވައިފިއެވެ.
މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، އުތުރު ރީޖަންގެ ބައެއް ރަށްތަކުގައި އާރުޑީސީން ކުރިޔަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތްތައް ގާތުން ބައްލަވާލެއްވުމެވެ.
އުތީމަށް ކުރެއްވި މި ޒިޔާރަތުގައި، އާރުޑީސީގެ ޗެއަރމަން މުހައްމަދު ޝަހީމް އާދަމް އާއި އެހެނިހެން އިސްވެރިން ވަނީ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތާއި، ދިމާވާ ގޮން ޖެހުންތަކާއި، އަދި ކުރިޔަށް ރޭވިފައިވާ ކަންކަމާ ގުޅޭގޮތުން މުވައްޒަފުންނާ މަޢުލޫމާތު ހިއްސާ ކުރެއްވިުއެވެ.

