ގއ ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މަސްރޭސް ބޭއްވުމަށް އިއުލާން ކޮށްފިއެވެ.
މި މުބާރާތް ރާވައި ހިންގުމުގެ ހުރިހާ މަސައްކަތެއް ހަވާލުކޮށްފައިވަނީ ފުރެއްދަ ބޮޑުބެރު ގްރޫޕްއާއިއެވެ.
ފުރެއްދަ އަކީ ރާއްޖޭގެ ދެކުނުގައި ބޮޑުބެރާއި މުބާރާތްތައް ރާވައި ހިންގައި އިވެންޓް މެނޭޖް ކުރާ ގްރޫޕެކެވެ.
މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ޑިސެމްބަރ 2025 ވާ ހޮނިހިރު 16:00 އިން ރޭގަނޑު 21:00 އަށެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 10 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00 އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 7000 ރުފިޔާގެ ހުށައަޅާފައިވާއިރު ދެވަނަ ޓީމަށް 5000 ރުފިޔާ ވަނީ ހުށައަޅާފައެވެ. އަދި ތިންވަނަ ޓީމަށް 3000 ރުފިޔާ ދޭނެއެވެ.
މުބާރާތާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ނަމަ 9975888 ( ހިޒޯ ) އާއި ގުޅުއްވުން އެދެއެވެ.

