މި އަހަރު ގެ ޑިސެންބަރު 25 ގައި ފަށާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025ގައި ތިނަދޫ ސިޓީ ފުޓްބޯލް ހިމެނޭ ރާއްޖެއިން ބޭރު ކުޅުންތެރިޔާ ސްޕއިންގެ އަލެން ޕިއޭ ( ޕެޗެރޯމަން އެޒެގުއެރޭ/ Eizaguirre Pecharroman) މިރޭ ތިނަދޫ އަށް ގޮސް ޓީމާ ގުޅިއްޖެއެވެ.
އިޓަލީ ލީގުގައި ކުޅޭ އަލެން ތިނަދޫ ސިޓީ ފުޓުބޯޅް ކުލަބަށް ކުޅުމަށް މިރޭ އެރަށަށް ދިޔުމުން އޭނާ އަށް ވަނީ ވަރަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ.
އޭނާ ވަނީ 2017 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ޒޯން ޗެމްޕިއަންސް ގައި ވެސް ތިނަދޫ ޓީމަށް ކުޅެފައެވެ. އެ ފަހަރުގެ ޗެމްޕިޔަން ކަން ހޯދުމުގައި އޭނާ ވަނީ ވަރަށް މުހިންމު ރޯލެއް އަދާ ކޮށްފައެވެ.
އުމުރުން 33 އަހަރުގެ އަލައިން ތިނަދޫ ޓީމާ ގުޅިފައިވާއިރު ތިނަދޫ ފުޓްބޯޅަ ޓީމުގެ ފަރިތަ ކުރުން މިހާރު ވަނީ ސިޓީ އަށް ނިސްބަތްވާ ކުޅުންތެރިންނާ އެކު ފަށާފައެވެ.


