ޤަދީމީ ޒަމާނުއްސުރެ ވެރިންގެ ގޮތުގައި އިސްކޮށް ހުންނަވަނީ ފިރިހެނެކެވެ. ފިރިހެނުން ރަސްރަސްކަލުންކަމުގައިވިއެވެ. ފިރިހެނުންނަކީ ރައީސުންނެވެ. ފިރިހެނުންނަކީ ބޮޑުވަޒީރުންނެވެ. އެތަކެއް އަހަރެއް ވަންދެން މިކަން މިގޮތުގައި ދެމިއޮތެވެ. ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރިވާތަން ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ކާމިޔާބު އެތަކެއް އަންހެން ކަނބަލުން ދަނީ ހަރަކާތްތެރިވަމުންނެވެ.މިއަދު ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެރިކަން ކުރަނީ އަންހެން ރައީސެއް ނުވަތަ ބޮޑުވަޒީރެކެވެ. ބައެއްފަހަރު ސިޔާސީ މައިދާނުގައި ބައެއް ކަނބަލުންގެ ކުރިއެރުމަކީ އެ ކަނބަލުންނަށް ލިބިފައިވާ ބުރުސޫރަ ރީތިކަމެވެ. ބައެއް ކަނބަލުންނަކީ ރީތިކަމަށް މަޝްހޫރު ބައެކެވެ.
ރާއްޖޭގެ ރައީސް ކަމުގައި ރައީސް މައުމޫން 30 އަހަރު ވެރިކަން ކުރެއްވެވި އިރު އެމަނިކުފާނުގެ ވަޒީރުންގެ ގޮތުގައި އުޅެފައިވަނީ ވަރަށްމަދު އަންހެން ކަނބަލުންނެވެ. 2004 ވަނަ އަހަރު ސިޔާސީ ގޮތުން އެމަނިކުފާނާއި ކުރިމަތިވި އެކިއެކި ފިއްތުންތަކާއި ގުޅިގެން ވަޒީރުންގެ މަޖްލީސްއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއްގެނައެވެ. ޒުވާން ބޭފުޅުން ވަޒީރުންގެ މަޖްލީސްއަށް އައްޔަންކުރެއްވިއެވެ.
2008 ގެ ރިޔާސީ އިންތިހާބު ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވަވައި އެކުލަވާލި ވަޒީރުންގެ މަޖްލީހުގައި 3 އަންހެން ކަނބަލުން ހިމެނުނެވެ. އޭގެފަހުން ރައީސް ޑރ މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި ވަޒީރުންގެ މަޖްލީހުގައި 3 އަންހެން ކަނބަލުން ހިމެނުނެވެ. 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ އެކުލަވާލި ވަޒީރުންގެ މަޖްލީހުގައި 3 އަންހެން ވަޒީރުން ހިމެނުނެވެ.
އޭގެފަހުން 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލީޙްގެ އެކުލަވާލި ވަޒީރުންގެ މަޖްލީހުގައި 7 ކަނބަލުން ހިމެނުނެވެ. މިއީ ދެކުނު އެޝިޔާގެ ގައުމުތަކުގެ އެންމެ ރީތި އަންހެން ވަޒީރުންގެ މިޖްލީސްއޭވެސް ބުނެވިދާނެއެވެ. ތިރީގައި މި ބަލާލަނީ މީގެ ތެރެއިން ރީތި ކަމަށް ފާހަގަ ކޮށްލެވޭ ކަމަނާއިންތަކެވެ.

މިނިސްޓަރ އޮފް އެޑިޔުކޭޝަން
ޑރ.ޢާއިޝަތު ޢަލީ

މިނިސްޓަރ އޮފް ޑިފެންސް
އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
އާމިނަތު ޝައުނާ

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ޢާއިޝަތު ނަހުލާ


