އައު އަހަރާ ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް އުފާވެރިކަމާއި ހިތްގައިމު މާހައުލެއް ހަދިޔާކުރުމަށްޓަކައި، އެންމެ ހިތްގައިމު އެއް ޕޮއިންޓުގައި "ދަ ޓުވިސްޓް ބައި އާރް އައި" (The Twist by R.I.) އަންނަނީ "ސަރޕްރައިޒް"ތަކަކާއެކު ތައްޔާރުވަމުންނެވެ. އައުއަހަރުގެ ރޭ، ޖަނަވަރީ 1 ގައި ޕްރީ-އޮޕެނިންގ ގެ ހާއްސަ ރަސްމިއްޔާތުން ހުޅުވިގެންދާނެ ދަ ޓުވިސްޓް ބައި އާރްއައި މިއީ ހަމައެކަނި ރެސްޓޯރެންޓެއް ނޫނެވެ؛ މިއީ އާއިލާއާއި ރައްޓެހިންނާއެކު ގުދުރަތީ ރީތިކަމަށް ހިތް ދޫކޮށްލައިގެން ތިބެ، މީރު ކެއުމަކަށް ނުވަތަ ބުއިމަކަށް އިންސާފުކޮށްލުމާއެކު، އިހުސާސްތައް ހިއްސާކޮށްލަންވެސް އެންމެ އެކަށީގެންވާފަދަ ޚާއްސަ ވެގެންދާނެ ތަނެކެވެ. ދޫނިގަމު އަވަށުން އެއާޕޯޓު ކައިރިން ޤާއިމުކުރެވިފައިވާ މި ތަނަކީ، މިހާރުން މިހާރަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ ތަނެކެވެ.
ދަ ޓުވިސްޓް ބައި އާރް އައިގެ ޕްރީ އޮޕަނިންގ ރޭ ވެގެންދާނީ ސިޓީގެ ރައްޔިތުންނަށް ހާއްސަ ސަރޕްރައިޒްތަކެއް ހިމެނޭ ކުލަގަދަ ރެއަކަށެވެ. މި ރޭގެ ހާއްސަ ހުށަހެޅުންތަކުގެ ތެރޭގައި، މުޅި ދުނިޔެވެސް ދަންނަ، އަދި ދިވެހިންގެ ހިތްތަކުގައި ވިންދުޖަހާ "ދަ ޓޫއޮފް އަސް" ބޭންޑް އިން އާންމުންގެ ތެރެއަށް މަގުބޫލުވެގެންދިޔަ، މިހާރު ސޯލޯކޮށް ޕާފޯމްކޮށް ދިވެހިންގެ ހިތްތަކުން ޖާގަ ހޯދަމުން އަންނަ ޒުވާނާ ނަސޫހުގެ ހުށަހެޅުންތައް ހިމެނެއެވެ. މީގެ އިތުރުން، މިހާރު ރާއްޖޭގައި ނަން މަޝްހޫރުވަމުން އަންނަ ހުވަދޫ ޝައްމި (ދަ ޔަންގް ބީޓްބޮކްސްުރާ) ގެ ހުނަރުވެރިކަން ވެސް އެރޭ ފެނިގެންދާނެއެވެ. އަދި ހާޒިރީންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ނުހަނު އަގުބޮޑު ހަދިޔާއެއްވެސް ވަނީ ކަނޑައަޅާފައެވެ.
އާއިލާއާއި ރައްޓެހިންނާއެކު ހިތްގައިމު މާހައުލެއްގައި ގުދުރަތީ ރީތިކަމަށް ހިތްދޫކޮށްގެން ތިބެ މީރު ކެއުމެއް ނުވަތަ ބުއިމަކަށް އިންސާފުކޮށްލުމަކީ ހާދަހާ ވާ ހިތަށް ހަަމަޖެހުން ލިބޭ ކަމެކެވެ. އަމުދުން ކުރިއަށް މިއޮތް ރޯދަމަހުގެ ރޭތައް މިފަދަ ގޮތަކަށް ހޭދަކޮށްލާނެ އަގުހެޔޮ ތަނެއް ލިބުމަށްވުރެ ވަކި އުފާވެރިކަމެއް އޮންނާނެ ހެއްޔެވެ. އަސްތަ އަދި އޭގެ ކުރިން އައު އަހަރު އެބައާދޭ އެހެން ނޫންތޯ އެވެ. މިއީ މިޗުއްޓީ ތެރޭގައި ފުވައްމުލައްސިޓީ އަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ވަރަށްވެސް އުފާވެރި ވާހަކައަކަށް ވެގެންދާނެކަން ޔަގީނެވެ. މިއީ ދަ ޓުވިސްޓް ބައި އާރް އައި ގެ ޕްރީ އޮޕަަނިންގެ ވާހަަކައެވެ.
މިހުރިހާ މައުލޫމާތެއް އެންމެ ސާފުކޮށް އޮޅުންފިލުވައިލަން ދަ ޓުވިސްޓު ބައި އާރް އައިގެ ރާއްޕެ އާ ބައްދަލުކޮށްލަމާ ހިންގަވާށެވެ.
ދަ ޓުވިސްޓު ބައި އާރް އައިގެ ވެރިފަރާތް، ރާފިއު މުހައްމަދު (ރާއްޕެ) ހުވަދޫ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، މި ރެސްޓޯރެންޓަކީ 3200 އަކަފޫޓުގެ ތަނަވަސް އަދި ހިތްގައިމު ޕޮއިންޓެއްގައި ޤާއިމުކުރެވިފައިވާ ތަނެއް ކަމަށެވެ.
"މިކަން ފެށިގެން ފެށިގެން އައީ ޖޫން 29 ގައި، ހުޅުވީ މިސްކިތް މަގުގައި، ގިނަ ކަސްޓަމަރުންގެ އެދުމާއެކު ދޫނިގަމު އަވަށުން އެއާޕޯޓު ކައިރިން ތަނެއް ނަގައިގެން ރެނޮވޭޓް ކޮށްގެން ޖަނަވަރީ 1 ގައި ޕްރީ އޮޕަނިންގ އަަކަށް މިދަނީ." ރާއްޕެ،
ދަ ޓުވިސްޓް ބައި އާރް އައިގެ ހާއްސަ ހިދުމަތްތަކުގެ ތެރޭގައި، އިންޑިއަން، ޗައިނީޒް، އަދި ލޯކަލް ކެއުންތަކުގެ އިތުރުން، އަމާން އަދި ހިތްއެދޭ ފަދަ ތަނަވަސް ކެރިއޯކޭއެއް ހިމެނެއެވެ. މީގެ އިތުރުން، އިވެންޓުތައް އިންތިޒާމުކުރުމާއި ކޭޓަރިންގ ހިދުމަތް ވެސް މިތަނުން ލިބިގެންދާނެއެވެ. ހާއްސަކޮށް ފާހަގަކޮށްލެވޭ އެއް ކަމަކީ، މި ސިޓީގައި ފުރަތަމަ ފަހަރަށް ހަވީރު ސައި ބުފޭ ޕެކޭޖުތައް ތަނަކުން ދެވޭ ރެސްޓޯރެންޓަކަށް މިތަން ވެގެންދިއުމެވެ. މިއީ އާއިލާތަކާއި ރައްޓެހިންނަށް ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.

ދަ ޓުވިސްޓް ބައި އާރް އައި؛ އައު އަހަރާއެކު ޕްރީ އޮޕެނިން، ޓޫއޮފްއަސްގެ ނަސޫހާއި ޔަންގް ބީޓްބޮކްސް ޝައްމިގެ ހުނަރުވެރިކަމާއެކު، ޖެނުއަރީ 1 ފުވައްމުލައްސިޓީގައި—ފޮޓޯ:ރާއްޕެ
އެރޭގެ ހާއްސަ އަނެއްކަމަކީ ވިޒިިޓާސް 11 ޖަހަންދެން މަޑު ކޮށްގެން ތިބި ބައެއްގެ ތެރެއިން، ފުވައްމުލަކުގައި ފިލްމު ޕަރީ ބަލާލުމުގެ ފުރުސަތު ދެބޭފުޅަކަށް ލިބިގެންދާނެ ކަމެވެ.
"ޕަރީ ފިލްމު ގެ ދެޓިކެޓް ގުރުއަތުން ނެގޭ 2 ފަރާތަކަށް ލިބޭނެ، އެރޭގެ ވިޒިޓާސް ތެެރެއިން ގުރުއަތު ނަގާގަޑިއާ ހަމައަށް މަޑުކޮށްގެން ތިބިބައެއްގެ ތެރެއިން ދެވޭނީ. ފްރީ އެންޓްރެންސް ކޫޕަނެއް ވީމަ ކޮން ނަންބަރެއްގެ ކާކުކަމެއް ނޭނގޭނެ، 11 ޖަހާއިރު މަޑުކޮށްގެން މީހާ ނެތިއްޖެއްޔާ ގުރުއަތުން ނަގާ ނަންބަރު ކެންސަލްވަމުން ދާނީ،"
ކޮންމެއަކަސް މިއީ ޕަރީފިލްމު ބަލާލަން ބޭނުންވާ ފަރާތްތަކަށް ވެސް ހަމަ ނަސީބުވަޒަންކޮށްލުމަށް ރަނގަޅު ފުރުސަތެއްތާއެވެ.
ރާއްޕެގެ 15 އަހަރުގެ ހުވަފެން ޙަޤީޤަތަކަށް
ރެސްޓޯރެންޓެއް ހުޅުވުމަކީ ރާއްޕެގެ 15 އަހަރުން ފެށިގެން ވެސް އޮތް ޚިޔާލެކެވެ. އޭނާ ކިޔައިދެއްވި ގޮތުގައި، ކުރިން ވެސް ވިޔަފާރިތަކުގައި ސައިލެންޓް ޕާޓްނަރެއްގެ ގޮތުގައި އުޅުނެވެ. ރިސޯޓު މަސައްކަތަށް ދިޔައީ ވެސް މެނޭޖަރަކަށް ވާކަށް ނޫނެވެ؛ ބޭނުންވީ ބަޓްލަރަކަށް ވާށެވެ. އަދި އޭނާ ބޭނުންވި ގޮތަށް ބަޓްލަރަކަށް ވެވުނެވެ. މިއީ ރެސްޓޯރެންޓެއް ހުޅުވުމުގެ ލޯބި ހިތުގައި އޮތްވަރު ދައްކުވައިދޭ ކަމެކެވެ. ރާއްޕެ ބުނީ މިއީ ޒަމާންވީ ހުވަފެނެއްގައި ކުލަޖެހުން ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ވަރަށް އަޑިއަށް ޖެހުނު ދިރިއުޅުމަކަށް ފަހު، މާލޭގައި ގެސްޓް ހައުސް ހޮޓެލް ކެމް ހިންގުމާއި، އިވެންޓް އޯގަނައިޒަރެއްގެ ގޮތުގައި މަސައްކަތްކޮށް، ކަރަންޓީން ޕެކޭޖުތައް ހެންޑްލްކުރަމުން ދިޔުމަށް ފަހު، 2024 ވަނަ އަހަރު އުފަން ރަށަށް އައީ ވަރަށް ހިތްވަރާއެކުގައެވެ. މި ހިތްވަރުގެ ނަތީޖާއަކީ މިހާރު މި ފެންނަ "ދަ ޓުވިސްޓް ބައި އާރް އައި" އެވެ.
"ޕާޓްނަރޝިޕް ކުރެވިއްޖެ، ސްޓާފެއްގެ ގޮތަށް އޯނަރެއްގެ ދަށުގައި އުޅެވިއްޖެ. ތަޖުރިބާ ވޭން، ނަތީޖާ ހިތި. ދެން އެހިސާބުން ހިތަށް އެރީ މިނިމުނީއޭ، އެހެންވެ މިހާރު ދެން މިހުރި އަމިއްލަ އޯނަރޝިޕްގައި އަމިއްލަ ފައި މަތީގައި،“ ރާއްޕެ
އޭނާގެ މި ދަތުރުގައި ކުރިމަތިވި ހުރިހާ ކަމެއް އަބަދުވެސް ހަނދާން ހުންނާނެ ކަމަށާއި، މިހާރު މި ހިސާބަށް އާދެވުނީ ކިހިނެއްކަން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް ރާއްޕެ ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން، ދަ ޓުވިސްޓް ބައި އާރް އައިގެ ގްރޭންޑް އޮޕަނިންގ އަކީ ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް އައު އަހަރާއެކު ލިބިގެންދާނެ ވަރަށް ބޮޑު ހަދިޔާއެކެވެ. އާއިލާއާއި ރައްޓެހިންނާއެކު ހިތްގައިމު މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ލިބޭ މި ފުރުސަތަކީ، ޚާއްސަކޮށް ކުރިއަށް އޮތް ރޯދަމަހުގެ ރޭތައް ހޭދަކޮށްލުމަށް ވެސް އަގުހެޔޮ އަދި ހިތްފަސޭހަ ތަނަކަށް ވެގެންދާނެއެވެ. ރާއްޕެގެ ޒަމާންވީ ހުވަފެނުގައި ކުލަޖެހިގެން މި ފެށޭ މަސައްކަތަށް، ހުވަދޫމީޑިއާގެ ފަރާތުން ވަރަށްވެސް ހާއްސަ މަރުހަބާއަކާއި ތަހުނިޔާއެއް ދަންނަވަމެވެ. އަދި އަދަށްވުރެ ފަހި ފެހި ކާމިޔާބީއާއި ތަރައްގީއޮތް މާދަމާއަކަށްވެސް އެދެމެވެ.
ބުރަމަސައްކަތާއި ފެއިލްވުމާއި އަލުން ހިތްވަރާއެކު ކުރާ ބުރަމަސައްކަތުން އެޅޭ ކާމިޔާބީގެ އެއް ފިޔަވަޅަކީވެސް އޭގެ އަގުނުކުރެވޭހާ އަގުބޮޑު ކުރިއެރުމެކެވެ!
https://web.facebook.com/thetwistbyric ޓުވިސްޓް ބައި އާރްއައިގެ އެފްބީޕޭޖު ލިންކް

