ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ބަދަލެއް ގެނައުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިފްކޯއިން މަސް ގަންނަ އެންމެ ކުޑަ އަގަކީ 16 ރުފިޔާ ކަމުގައި ކަނޑައަޅުއްވައިފިއެވެ. މި ނިންމެވުން އިޢުލާނުކުރެއްވީ، ރޭ ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ޤައުމީ ޖަލްސާގައެވެ. މި ބަދަލާއެކު، ކުރިން ދޮޅު ކިލޯއިން މަތީގެ މަސް ގަންނަމުންދިޔަ އުޞޫލަށް ބަދަލު އައިސް، އެއްކިލޯގެ މަސް ވެސް 16 ރުފިޔާއަށް ގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެއް ކިލޯއިން މަތީގެ މަސް 16 ރުފިޔާއަ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު މިފްކޯއިން ޢަމަލުކުރާ އުޞޫލުގައި ދޮޅު ކިލޯއިން ފެށިގެން މަތީގެ މަސް 16 ރުފިޔާއަށް ގަންނަމުންދިޔަ ނަމަވެސް، މާދަމާއިން(މިއަދުން) ފެށިގެން އެއްކިލޯގެ މަސް ވެސް މިފްކޯއިން ގަންނަން ފަށާނެ ކަމަށެވެ. އަދި، އެއްކިލޯއިން ފެށިގެން ގަންނަ މަހުގެ އެންމެ ކުޑަ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 16 ރުފިޔާއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، އެންމެ ދަށް އަގުގެ ގޮތުގައި 16 ރުފިޔާ ކަނޑައެޅުނު ކަމުގައި ވިޔަސް، މިފްކޯއިން އެއްކިލޯއިން ފެށިގެން މަތީގެ މަސް އޭރަކު ގަނެވޭނެ އެންމެ މަތީ ރޭޓުގައި ގަންނަމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ
މި ނިންމެވުން ނިންމެވީ، މިފްކޯއާއި މަސްވެރިކަމާ ބެހޭ ވުޒާރާ އަދި ގުޅުންހުރި އިދާރާތަކުގެ މަޝްވަރާއަށް ފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
"އެންމެ މަތީ ރޭޓޭ މި ދެންނެވީ 16ރ. އަށް މިހާރު މި ގަންނަ ގަތުން، އަދި އެވެސް ވަރަށް މުހިންމު ބަދަލެއް މި ގެންނަނީ، އެންމެ ދަށްވެގެން 16ރ. އަށް ގަންނަ ގޮތަށް މިފްކޯ އިން މާދަމާއިން ފެށިގެން ފަށާނެ،" ރައީސް ޑރ މުއިއްޒު
ރޭގެ ޖަލްސާގައި ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކޮށް، ކުންފުނިތަކާއި، ވިޔަފާރިތަކާއި، މަސްވެރި ދޯނިތަކާއި ވަކިވަކި މަސްވެރިންނަށް އިނާމު ޙަވާލުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން ކުރިއަށް އޮތް ތަނުގައި ވެސް ފަރުވާތެރިކަމާއެކު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. .ން.".ށް

