ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްޤީކުރުމުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތްތައް ކުރުމަށް އަމިއްލަ ކުންފުންޏެއް ކަމަށްވާ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. އަދި އީޕޯޗް އެސޯސިއޭޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޢާވިޔަތް އަބްދުއްސައްތާރުއެވެ.
މި މަސައްކަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، އެއާޕޯޓުގެ ޑިޒައިންގެ މަސައްކަތް އީޕޯޗްއާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އިޔާސް ފާހަގަކުރެއްވި ގޮތުގައި، ޑިޒައިން އެންޑް ކޮންސެޕްޓްގެ މަސައްކަތް ނިމުމާއެކު އެއާޕޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.
އިޔާސް ވިދާޅުވީ، އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، އެރައިވަލް ހޯލް މިހާރަށްވުރެ ބޮޑު ކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރުކުރާނެއެވެ. އަދި ޑިޕާޗަރ ހޯލުގައި ކެފޭ ޖާގައެއް އިތުރު ކުރުމާއި ޑިޕާޗަރ ގޭޓް އިތުރު ކުރުމަށްވެސް މަޝްރޫޢުގައި ހިމަނާފައިވެއެވެ. މިހާރު ހުރި ޓަރމިނަލަށް ބޮޑު ބަދަލެއް ގެނެސް، ޖުމްލަ އިމާރާތް ކުރާ ޖާގައަކީ 814 އަކަމީޓަރު ކަމަށްވެސް އިޔާސް ވަނީ ހާމަކުރައްވާފައެވެ.
މި ތަރައްޤީގެ މަސައްކަތުގެ ސަބަބުން ބ. އަތޮޅުގެ އިޤްތިޞާދަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއާޕޯޓު ތަރައްޤީވެގެންދާއިރު، ބައިނަލްއަޤުވާމީ އެއަރޕޮޓެއްގައި ދެވޭ ފެންވަރުގެ ޚިދުމަތް ދެވިގެންދާނެ ކަމަށެވެ. އަލީ ސަލީމް އިތުރަށް ވިދާޅުވިއެވެ: “މި އަތޮޅަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް މަތީ ފެންވަރުގެ ޚިދުމަތެއް ދެވެންފެށުމާއެކު އަސލު ގިނަ ގެސްޓުން އެ ސަރަހައްދަށް ދާން ބޭނުންވާނެ. މިއާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަންވެސް ވަރަށް ބޮޑަށް ފަހި އަސަރުތަކެއް ކުރާނެ.”
ބ. ދަރަވަންދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންފައިވާ ވަޢުދެކެވެ. މި މަސައްކަތް އައިލޭންޑް އެވިއޭޝަނާއި ހަވާލުކުރަން ނިންމާފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ މިދިޔަ އޮގަސްޓް މަހު ދަރަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ދަރަވަންދޫގައި އެއާޕޯޓެއް ތަރައްޤީކޮށް، ޚިދުމަތް ދޭންފެށިތާ މިހާރު 14 އަހަރުވެފައިވާއިރު، ބ. އަތޮޅަކީ ރިސޯޓުތައް ގިނަ އަދި ލޯކަލް ޓޫރިޒަމްވެސް ފުޅާވަމުންދާ ސަރަޙައްދެކެވެ. އެހެންކަމުން، މި އެއާޕޯޓު ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ، މި ތަރައްޤީގެ މަސައްކަތަކީ އެ ސަރަހައްދުގެ ފަތުރުވެރިކަމަށް މުހިއްމު ބަދަލެކެވެ.

