ކްރޮއޭޝިއާގެ ފުރަތަމަ އަންހެން ރައީސާ ކޮލިންޑާ ގްރަބާރް-ކިޓަރޮވިޗްއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ދުނިޔޭގެ އެންމެ ރީތި އަންހެން ސިޔާސީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވޭ ބޭފުޅެކެވެ.
ފީފާ 2018 ގައި ކްރޮއޭޝިއާގެ ފުޓްބޯޅަ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ރަޝިއާ އަށް ދިއުމަށް ފަހު ގްރަބާރް-ކިޓަރޮވިޗް ވަނީ ގިނަ ބަޔަކަށް ޑާލިންގް އަކަށް ވެފަ އެވެ. ސްޓޭޑިއަމްގައި ތިއްބެވި ނޫސްވެރިންނާއި، ކެމެރާމަނުންގެ ލޮލުގައި އެންމެބޮޑަށް އަޅައިގަތީ ގްރަބާރް-ކިޓަރޮވިޗްއެވެ.
ގްރަބާރް-ކިޓަރޮވިޗް ގެ ރީތި ކަމުގެވާހަކަ ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުޚީގައި
އޭގެ އިތުރުން ބީޗް ވިޒިޓެއް ގައި ބިކިނީއެއް ތުރުކިރައްވައިގެން ހުންނަވަނިކޮށް ނަގައިފައިވާ ފޮޓޯތަކެއް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިރެލްވެ މުޅި އިންޓަނެޓް ސިއްސުވާލާފައެވެ. ގްރަބާރް-ކިޓަރޮވިޗް އަކީ ދުނިޔޭގެ 39 ވަނައަށް އެންމެ ބާރުގަދަ އަންހެނާގެ ގޮތުގައި ފޯރބެސް އިން ހޮވިފައެވެ. އަދި އޭނާއަކީ މިވަގުތު އެންމެ ރީތި އަދި އެންމެ ސެކްސީ އަންހެން ޕޮލިޓިޝަނެވެ.
އަދި ޑިމްޕަލްސް ހުންނަ އެންމެ ރީތި އަންހެނުންގެ ތެރޭގައި ވެސް އެކަމަނާ ހިމެނިވަ އެވެ. އުމުރުފުޅުން 46 އަހަރުގައި އެކަމަނާ ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާގެ މަގާމު ވެސް ހޯއްދަވާފަ އެވެ.

