ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ނިޔާވި މީހާގެ ޖަނާޒާ މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މި ހާދިސާގައި ނިޔާވީ ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 42 އަހަރުގެ އަހުމަދު އަޒްމީލްއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ މަހު 26 ވަނަ ދުވަހުއެވެ. އޭނާ ވަނީ ބައު އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، ހާދިސާގެ ތެރެއަށް ވެއްޓިފައެވެ. މި ހާދިސާގައި އަޒްމީލް ވަރަށް ބޮޑަށް ފިހުނެވެ. އޭނާއަށް ވަގުތުން ފަރުވާ ދޭން ފެށުނު ނަމަވެސް، ހާލު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް ބެންކޮކަށް ގެންދެވުނެވެ.
ނަމަވެސް، ބެންކޮކުގައި ފަރުވާ ދެމުންދަނިކޮށް އަޒްމީލް ވަނީ ނިޔާވެފައެވެ. އޭނާގެ ނިޔާވުމަކީ ސްޓެލްކޯ އާއި އާއިލާއަށް ލިބުނު ބޮޑު ހިތާމައެކެވެ.
ނިޔާވި އަހުމަދު އަޒްމީލްގެ ޖަނާޒާ ބާއްވަން ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށް ފަހުގައެވެ. ކަށުނަމާދު ކުރަނީ ހުޅުމާލެ ސަހަރާގައެވެ.

