ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، މިއަދު ސިންގަޕޫރުގައި މުހިންމު މެޑިކަލް ސާޖަރީއެއް ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީން ބުނެފައިވަނީ މިއީ މިވަގުތަށް ކޮންމެހެން ކުރަން ޖެހުނު މުހިންމު ސާޖަރީއެއް ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މިނިސްޓަރު ޒަމީރުގެ ސާޖަރީ ވަނީ ކާމިޔާބުކަމާއެކު ނިމިފައެވެ. މިވަގުތު މިނިސްޓަރު ވަނީ ރިކަވަރީއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އަދި މިނިސްޓަރުގެ ހާލު ރަނގަޅު ކަމަށާއި، އަންނަ ހަފުތާގައި އޮފީހުގެ މަސައްކަތްތަކަށް ނިކުމެވަޑައިގަންނަވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ޔަގީންކަން ދީފައެވެ.

