އއ. އުކުޅަހުން ރަޝިޔާއަށް ނިސްބަތްވާ ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އުކުޅަހު ކައުންސިލުން މިއަދު ބުނި ގޮތުގައި ގެއްލިގެން ހޯދަމުންދަނީ އެ ރަށު ލަ ޕަލްމާ ސޫޓްސް ގެސްޓް ހައުސްގައި ހުރި ރަޝިޔާއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ. ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާގެ ފޮޓޯވެސް ވަނީ އާންމުކޮށްފަ އެވެ.
ކައުންސިލުން ބުނީ، އެ މީހާ އޭނާގެ ޗުއްޓީ ނިންމާލުމަށް ފަހު މިއަދު ހެނދުނު ފުރަން އޮތް ނަމަވެސް، އޭނާ ފުރާފައި ނުވާ ކަމަށާއި، އަދި އޭނާއަށް ވީގޮތެއް މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް، އޭނާ ގެންގުޅުނު ސާމާނާއި މޯބައިލް ފޯނުވެސް ކޮޓަރީގައި އޮތް ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
މި ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

