ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތްވާ ފެނިފައިވަނީ ޗައިނާ މީހެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ހާމަކޮށްފައެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަނޑަށް ވެއްޓިގެންނެވެ.
ފުލުހުންގެ މައުލޫމާތު ދެއްވާ ގޮތުގައި، މިމީހާ ކަނޑަށް ވެއްޓިފައިވަނީ މެންދުރުފަހު 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައެވެ. ކަނޑަށް ވެއްޓުނު ވަގުތު މީހާ ފެނުނު ނަމަވެސް، އޭގެ ފަހުން މީހާ ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ، މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އަދި މިކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޯސްޓްގާޑުން އެ ސަރަހައްދުގައި މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް، މަރުވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެ ދުވަހު މެންދުރުފަހު 13:32 އެހައިކަންހާއިރުއެވެ. މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ޗައިނާ ރައްޔިތެއްކަމަށްވާ 38 އަހަރުގެ ޗެންގް ޖިއާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މިމީހާގެ ހަށިގަނޑު ކަނޑުން ނަގައި، އިތުރު ފަރުވާ ދިނުމަށް ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މިހާރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ތަހުޤީޤު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

