ފުވައްމުލައް ސިޓީއިން މަސްބާނަން ނިކުމެ އުޅުނު “ސަވާރީ” ނަމަކަށް ކިޔާ ދޯންޏެއް އިންޖީނު ހުއްޓި، އޮޔާ ދަނިކޮށް އެ ދޯނީގައި ތިބި 10 މީހުން ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވީ، ފުވައްމަލައް ސިޓީއިން މަސްބާނަން ނިކުމެ އުޅުނު “ސަވާރީ” ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު މިއަދުގެ 15:50 ހާއިރު ލިބުނުކަމަށެވެ. މި މައުލޫމާތު ލިބުމާއެކު ފުވައްމުލައް ސިޓީގެ ޕޮލިހުން ވަގުތުން އެ ސަރަހައްދަށް ގޮސް، ސަލާމަތުގެ މަސައްކަތް ފަށާފައިވެއެވެ.
އެކަމުގެ މައުލޫމާތު ފުވައްމުލައް ސިޓީގެ ޕޮލިހަށް ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ޕޮލިސް ލޯންޗްގައި ފުވައްމުލަކަށް ގެނެސްފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. އޮޔާ ދިޔަ ދޯނީގައި ތިބި މީހުން ފުލުހުންގެ ލޯންޗަށް އަރުވައި ފުވައްމުލަކަށް ގެނެސްފައިވާއިރު، ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ހަތް އަންހެނުންނާއި ކުޑަކުއްޖެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަދި ފުލުހުން ވިދާޅުވީ، “ސަވާރީ” ދޯނި މިހާރު ވަނީ އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު ފުވައްމުލަކަށް ގެނެސްފައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

