ގއ ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން ބޭއްވި " ޑަބްލިއުޑީސީ ފުރެއްދަ މަސްރޭހުގެ އެއްވަނަ ޓީމަކަށް ބްލޫފިން ހޮވިއްޖެއެވެ.
ގެމަނަފުށީ ދެ ޖިންސުގެ 10 ޓީމް ބައިވެރިވި މި މުބާރާތުގެ ދެވަނަ ޓީމަކަށް ހޮވިފައިވަނީ ޓީމް ބޮނޑިއެވެ. ތިން ވަނައަށް ހޮވިފައިވަނީ ކޮކާ އެވެ.

މި މުބާރާތް ރާވައި ހިންގުމުގެ ހުރިހާ މަސައްކަތެއް ހަވާލުކޮށްފައިވަނީ ފުރެއްދަ ބޮޑުބެރު ގްރޫޕްއާއިއެވެ. އިއްޔެ ބޭއްވުނު މި މުބާރާތް ފެނިގެން ދިޔައީ ފޯރިގަދަ މުބާރާތެއްގެ ގޮތުގައެވެ.

މި މުބާރާތުގެ އެންމެ ބޮޑުމަސް ބޭނި ފަރާތަކަށް ހޮވިފައިވަނީ ޓީމް ކޮކާގެ އަހުމަދު ލަޔާންއެވެ. އަދި އެންމެ ބަރު މަސް ބާނާފައިވަނީ ޓީމް ބޮނޑި ގެ ހުޒައިމަތު މުހައްމަދު އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު 6 ބައިވެރިން ހޮވާފައިވާ އިރު، ޗެމްޕިއަން ބްލޫފިންގެ 3 ބައިވެރިޔަކު ވަނީ ހޮވިފައެވެ. އެއީ ޖުނައިދު ހަސަން، ޝަރޫނާ ގާސިމް، އަދި ޝަހީދު އަހުމަދު އެވެ. އަނެއް 3 ބައިވެރިންނަކީ ރަޖިސްމަލާގެ އައިޝަތު ނޫރީ ، ޓީމް ބޮނޑިގެ ހުޒައިމަތު މުޙައްމަދު އަދި ޓީމް އޯޝަންގެ އަހުމަދު ފައިސަލް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 7000 ރުފިޔާގެ ހުށައަޅާފައިވާއިރު ދެވަނަ ޓީމަށް 5000 ރުފިޔާ ވަނީ ހުށައަޅާފައެވެ. އަދި ތިންވަނަ ޓީމަށް 3000 ރުފިޔާ ވަނީ ދީފައެވެ.

