ދިވެހި ބަހުގެ އެކަޑަމީން ކުރިއަށް ގެންދިޔަ އަދަބީ 4 މުބާރާތަކާއި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް، އެކި ގިންތިތަކުން ވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
މިއަހަރު ދިވެހި ބަހުގެ އެކަޑަމީން ވަނީ، އަދަބީ 4 މުބާރާތަކާއި އަތުލިޔުމުގެ މުބާރާތެއް ބާއްވާފައެވެ. މި މުބާރާތްތަކުގައި މުޅި ޖުމްލަ 3000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. އެގޮތުން، މަޒުމޫނު ލިޔުމުގެ މުބާރާތުގައި 1099 މީހުން، ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި 1024 މީހުން، ޅެން ހެދުމުގެ މުބާރާތުގައި 526 މީހުން އަދި ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި 298 މީހުން ބައިވެރިވެފައިވެއެވެ.
މި މުބާރާތްތައް ކުރިއަށް ގެންގޮސްފައިވަނީ، ދަށު ސާނަވީ ބަޔާއި، ސާނަވީ ބަޔާއި، މަތީ ސާނަވީ ބައިގެ އިތުރުން 18 އަހަރުން މަތީގެ އަމިއްލަ ފަރާތްތަކާއި، އޮފީސް، ކުންފުނި، ކުލަބު އަދި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެންނެވެ. މި ރިޕޯޓުގައި ބަލާލާނީ މަޒުމޫނު ލިޔުމާއި ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ އެކި ގިންތިތަކުން އެއްވަނަ ހާސިލުކުރި ފަރާތްތަކަށެވެ.
މި މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި، ދިވެސި ބަހަށް ޚިދުމަތް ކުރައްވާ އަދި ބަސް ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ދިވެހި ބަހުގެ އެކަޑަމީން ބޭއްވި މި މުބާރާތްތަކަކީ ދިވެހި ބަހުގެ އަދަބިއްޔާތާއި އަތުލިޔުމުގެ ފަންނު ދިރުވައި އާލާކުރުމަށް ބާއްވަމުން އަންނަ މުހިންމު މުބާރާތްތަކެކެވެ.
މި ރަސްމިއްޔާތުގައި އެކިއެކި މުބާރާތުގެ ގިންތިތަކުން އެންމެ މޮޅު 10 ދަރިވަރުންނަށްވެސް ވަނީ އިނާމް ހަވާލުކޮށްދެއްވާފައެވެ. މިއަދަބީ މުބާރާތްތަކުގައި ސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ވެސް ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. ތިރީގައި މިވަނީ މި މުބާރާތްތަކުގެ ތަފްސީލީ ނަތީޖާތަކެވެ.
މަޒުމޫނު ލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތް
އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބޭއްވި މަޒުމޫނު ލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތުގެ އެއްވަނަ ހާސިލުކުރި ފަރާތްތައް:
- ދަށު ސާނަވީ ގިންތި: ޝެއިޙް އިބްރާހީމް ސްކޫލުގެ ދަރިވަރު އީޝާ އަޙްމަދު ސިޔާމް.
- ސާނަވީ ގިންތި: ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފާތިމަތު ރަޢުފާ ރިޔާޒް.
- މަތީ ސާނަވީ ގިންތި: ސީއެޗްއެސްއީ ހުޅުމާލޭގެ ދަރިވަރު އީޒާން ޢަލީ.
މި މުބާރާތުގެ އެންމެ މޮޅު ސްކޫލުތައް:
- ދަށު ސާނަވީ ގިންތިން އެންމެ މޮޅު ސްކޫލު: ހުރަވީ ސްކޫލާއި ޝެއިޙް އިބްރާހީމް ސްކޫލު.
- ސާނަވީ ގިންތިން އެންމެ މޮޅު ސްކޫލު: ހުރަވީ ސްކޫލާއި ށ. އަތޮޅު މަދަރުސާ.
- މަތީ ސާނަވީ ގިންތިން އެންމެ މޮޅު ސްކޫލު: ސީއެޗްއެސްއީ ހުޅުމާލެ.
ކުރު ވާހަކަ ލިޔުމުގެ 37 ވަނަ ޤައުމީ މުބާރާތް
އައްޝައިޚް މަލިމް މޫސާ މާފަތް ކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބޭއްވި ކުރުވާހަކަ ލިޔުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ އެއްވަނަ ހާސިލުކުރި ފަރާތްތައް:
- ދަށު ސާނަވީ ގިންތި: ޖަލާލުއްދީން ސްކޫލުގެ ދަރިވަރު ޒަކުވާން އަޙްމަދު އަބޫބަކުރު.
- ސާނަވީ ގިންތި: މަގޫދޫ ސްކޫލުގެ ދަރިވަރު ފާތިމަތު އަފްނާން މޫސާ.
- މަތީ ސާނަވީ ގިންތި: އިހަވަންދޫ ސްކޫލުގެ ދަރިވަރު އާއިޝަތު ޒާނާ އަޙްމަދު ސިނާން.
އަމިއްލަ ފަރާތްތަކުގެ ބައިން އެއްވަނަ ހާސިލުކުރި ފަރާތްތައް:
- 18 އަހަރުން ދަށުގެ އަމިއްލަ ފަރާތްތައް: ށ. ފޯކައިދޫ މަރާމް، އާޔާ ބިންތު މުޙައްމަދު.
- 18 އަހަރުން މަތީގެ އަމިއްލަ ފަރާތްތައް: ރޯޒް ވުޑް ހދ. ކުޅުދުއްފުށީގެ ނުހާ ހަސަން.
މި މުބާރާތުގެ އެންމެ މޮޅު ސްކޫލުތައް:
- ދަށު ސާނަވީ ގިންތިން އެންމެ މޮޅު ސްކޫލު: ށ. އަތޮޅު މަދަރުސާ.
- ސާނަވީ ގިންތިން އެންމެ މޮޅު ސްކޫލު: ތާޖުއްދީން ސްކޫލު.
- މަތީ ސާނަވީ ގިންތިން އެންމެ މޮޅު ސްކޫލު: ސީއެޗްއެސްއީ މާލެ.
މި މުބާރާތްތަކަކީ ދިވެހި ބަހާއި އަދަބިއްޔާތަށް ލޯބިޖެއްސުމާއި، ޤައުމީ ބަހުގެ ދިރުން ދެމެހެއްޓުމަށް ބާއްވަމުން އަންނަ މުހިންމު މުބާރާތްތަކެކެވެ. ދިވެހި ބަހުގެ އެކަޑަމީން މިފަދަ މުބާރާތްތައް ބޭއްވުމުގެ މަޤްޞަދަކީ، ދިވެހި ބަހުން ލިޔެކިޔުމުގެ ހުނަރު އަށަގެންނެވުމާއި، ޒުވާނުންގެ މެދުގައި އަދަބީ ހުނަރުތައް ކުރިއެރުވުމެވެ.
ޅެން ހެދުމުގެ 28 ވަނަ ޤައުމީ މުބާރާތް (ހުތްޢަލި ދީދީގެ ވާދައިގެ ތަށި)
- ދަށު ސާނަވީ ގިންތި:
- އެއްވަނަ (އަމިއްލަ): އައިޝަތު ރީޝަމް ހުޝާމް (އަމީނިއްޔާ ސްކޫލް)
- އެއްވަނަ (ސްކޫލް): ޞަލާޙުއްދީން ސްކޫލް
- ސާނަވީ ގިންތި:
- އެއްވަނަ (އަމިއްލަ): އާއިޝަތު ދީމާ އާދަމް ނަސީރު (އަމީނިއްޔާ ސްކޫލް)
- އެއްވަނަ (ސްކޫލް): ޞަލާޙުއްދީން ސްކޫލް
- މަތީ ސާނަވީ ގިންތި:
- އެއްވަނަ (އަމިއްލަ): ޖަމީލަތު ޖަންނާ (އިހަވަންދޫ ސްކޫލް)
- އެއްވަނަ (ސްކޫލް): އަރަބިއްޔާ ސްކޫލް
- އަމިއްލަ ފަރާތްތައް (18 އަހަރުން މަތި):
- އެއްވަނަ: ޝަރުމާ ޢުމަރު (ލ. ގަން)
ވާހަކަ ދެއްކުމުގެ 38 ވަނަ ޤައުމީ މުބާރާތް (އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށި)
- ދަށު ސާނަވީ ގިންތި:
- އެއްވަނަ (އަމިއްލަ): ހާއްވާ ހީރާ (މުޙިއްދީން ސްކޫލް)
- އެއްވަނަ (ސްކޫލް): ޖަމާލުއްދީން ސްކޫލް
- ސާނަވީ ގިންތި:
- އެއްވަނަ (އަމިއްލަ): އާއިޝަތު ހުސްނު މުޙައްމަދު (ހަމަދު ބިން ޚަލީފާ އަލްސާނީ ސްކޫލް)
- އެއްވަނަ (ސްކޫލް): ޖަމާލުއްދީން ސްކޫލް (ވިދިގެން 5 އަހަރު)
- މަތީ ސާނަވީ ގިންތި:
- އެއްވަނަ (އަމިއްލަ): އައިޝަތު ރާނާ ޢަލީ (ސީއެޗްއެސްއީ މާލޭ)
- އެއްވަނަ (ސްކޫލް): ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް
އަތު ލިޔުމުގެ މުބާރާތް
- އަމިއްލަ ފަރާތްތައް:
- އަވަސް ތާނަ: އަޙްމަދު ސަޢީދު (ކ. ގުޅީ ސްކޫލް)
- ރީތި ތާނަ: އިކްރާމް މޫސާ (ދ. މީދޫ)
- ފަރުމާ ތާނަ: ޝިފާނާ މޫސާ (ޖުޑީޝިއަލް ސަރވިސް ކޮމިޝަން)
- އޮފީސް/އިދާރާތައް:
- އަވަސް ތާނަ: އަމީނިއްޔާ ސްކޫލް
- ރީތި ތާނަ: ށ. އަތޮޅު ކައުންސިލް އިދާރާ
- ފަރުމާ ތާނަ: ޖުޑީޝަލް ސަރވިސް ކޮމިޝަން

