ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރުކޮށްފި އެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު އެވެ.
ފުލުހުން ބުނި ގޮތުގައި، މި އޮޕަރޭޝަންތަކުގައި މާލޭގެ ހަތް އެޕާޓްމަންޓް ބަލައިފާސްކޮށްފައިވެ އެވެ.
މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ:
- މއ. ގުލްބަކާގެ / މާލެ، އަޙްމަދު ޒިޔާން (48އ)
- ހ. ބްލޫސްކޫޕް / މާލެ، ޒުހުރާ ޢަބްދުއްލަޠީފް (54އ)
- މ. ދޮއްތަޑަފިގެ / މާލެ، އިސްމާޢީލް އައިކް މުޙައްމަދު (19އ)
- ހ. ހުދުކެލާ / މާލެ، އިސްމާޢީލް ރަޝީދު (53އ)
- މ. ރަނިކަ / މާލެ، ޙަސަން ޙަލީމް (42އ)
- މ. ރަނިކަ / މާލެ، އާޝިޔާ ޙަލީމް (51އ)
- މއ. އައިރީ / މާލެ، ޢަލީ އީވާން (43އ)
- ގދ. ގައްދޫ، ޢާއިޝަތު ނަޘުމާ (44އ)
ފުލުހުން ބުނި ގޮތުގައި، މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މ. ދޮއްތަޑަފިގެ / މާލެ، އިސްމާޢީލް އައިކް މުޙައްމަދު (19އ) ފަސް ދުވަހަށް އަދި ދެންތިބި ހަތް މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

