2024 ވަނަ އަހަރު ބެލުންތެރިންގެ މަޤުބޫލު ކަން ހޯދި ދިވެހި ފިލްމު "ކަމަނާ" އަށް، 5 ވަނަ ކަރްނާޓަކާ ބައިނަލްއަޤްވާމީ ފިލްމު ފެސްޓިވަލް 2025 ގައި ޝަރަފުވެރި ތިން އެވޯޑު ލިބި، ބައިނަލްއަޤްވާމީ ގޮތުން ފުޅާ މަގުބޫލުކަމެއް ހޯދައިފިއެވެ.
ސެޓަރން ސްޓޫޑިއޯއިން ބުނި ގޮތުގައި މިއީ ދިވެހި ސިނަމާއަށާއި އެ ސްޓޫޑިއޯއަށް ލިބުނު ފަޚުރުވެރި މުހިންމު ކާމިޔާބީއެކެވެ. މި އެވޯޑުތަކަކީ ދިވެހި ފިލްމު އުފެއްދުމުގެ ދާއިރާއަށް ބައިނަލްއަޤްވާމީ މައިދާނުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި އެވޯޑުތަކުގެ ތެރޭގައި ޙުސައިން މުނައްވަރު ޑައިރެކްޓް ކުރައްވާފައިވާ "ކަމަނާ" ފިލްމަށް، އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބިފައިވާއިރު، މިއީ މުނައްވަރުގެ ވަރުގަދަ އަދި މޮޅު ހުނަރު ބަލައިގަތުމުގެ ގޮތުން ލިބުނު އެވޯޑެކެވެ. ފިލްމުގެ ކާމިޔާބީ އިތުރަށް ބޮޑުވެގެން ދިޔައީ، ޔޫސުފް ޝަފީޢުއަށް އެންމެ މޮޅު ބަތަލާގެ އެވޯޑާއި، މަރިޔަމް އަޒާރަށް އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިގެންނެވެ. މިއީ އެ ދެކުޅަދާނަ ފަންނާނުންގެ ހިތްގައިމު އަދި ހަނދާން ނައްތާނުލެވޭ ފަދަ ތަމްސީލީ ހުނަރުވެރިކަން ފާހަގަކުރުމުގެ ގޮތުން ލިބުނު އެވޯޑުތަކެކެވެ.

ބައިނަލްއަޤްވާމީ ފިލްމު ފެސްޓިވަލް 2025 ގައި ޝަރަފުވެރި ތިން އެވޯޑު ލިބި، ބައިނަލްއަޤްވާމީ ގޮތުން ފުޅާ މަގުބޫލުކަމެއް
2024 ވަނަ އަހަރު ރިލީޒް ކުރެވިފައިވާ "ކަމަނާ" އަކީ، ސެޓަރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން ޢަލީ ޝާނިޒް މުޙައްމަދު ޕްރޮޑިއުސް ކުރައްވާފައިވާ ދިވެހި ފީޗަރ ފިލްމެކެވެ. އަދި މިފިލްމަކީ އެއަހަރުގެ މެގަހިޓް ފިލްމެވެ. މި ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދަނީ ޔޫސުފް ޝަފީޢު، މަރިޔަމް އައްޒަ، މުހައްމަދު މަނިކު އަދި އާމިނަތު ރަޝްފާ އެވެ.
"ކަމަނާ" ފިލްމުގެ ވާހަކަ ކިޔައިދެނީ އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ކައިވެނިކޮށްފައިވާ ދެމަފިރިއެއްގެ ދިރިއުޅުމަށް، ފިރިމީހާއަށް އަންނަ ބޮޑު ބަދަލަކާއި ގުޅިގެން ދިމާވާ ނުވިސްނާ ހުރި ކަންކަން ހުށަހަޅައިދިނުމެވެ. މީގެ ސަބަބުން ދެމަފިރިމީހުންގެ ގުޅުން ގޯސްވެ، އަނބިމީހާ އޭނާގެ ބަނޑުގައިވާ ދަރިފުޅު ރައްކާތެރިކުރުމަށްޓަކައި ދިރިހުރުމަށް ހަނގުރާމައެއް ކުރަން މަޖުބޫރުވެއެވެ. މިފަދަ ބޮޑެތި އެވޯޑުތަކެއް މިފިލްމަށް ލިބުމަކީ ދިވެހި ފިލްމީ ދާއިރާއަށް ލިބުނު އާ ހިތްވަރެކެވެ.

