ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. މި ފުރުޞަތު ހުޅުވާލަނީ އުޞޫލުތަކަށް ގެނެވުނު މުހިންމު ބަދަލުތަކަކާއެކުގައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، އުސޫލުތަކާ އެއްގޮތަށް ގޯއްޗަށް އަދި ފުލެޓަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ 15 އިން ފެށިގެން އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. މި އުޞޫލުތަކަށް ބަދަލު ގެނެސްފައިވަނ
އާ އުޞޫލުގެ ދަށުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން 1 ކޮޓަރީގެ ނުވަތަ 2 ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބިފައިވާ ފަރާތްތަކަށް 3 ކޮޓަރީގެ ފުލެޓަށް އެދުމުގެ ފުރުޞަތު ލިބޭނެއެވެ. މިގޮތުން 1 ކޮޓަރީގެ ތަނެއް ލިބިފައިވާ ފަރާތެއްގެ 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ، ނުވަތަ 2 ކޮޓަރީގެ ތަނެއް ލިބިފައިވާ ފަރާތެއްގެ 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބިނަމަ، މިހާރު ހުރި ތަން ދޫކޮށްލަން އެއްބަސްވާނަމަ 3 ކޮޓަރީގެ ފުލެޓަށް އެދެވޭނެއެވެ.
މީގެ އިތުރުން، އެޕްލިކަންޓުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށަކުން 400 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގެދޮރެއް އޮތް ނަމަވެސް، މި ޕްރޮގްރާމްގެ ދަށުން ބިމަށް ނުވަތަ ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މާލޭގެ ރައްޔިތުންނަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކުންނެވެ. އެއީ މާލޭގެ ރަށްވެހިންގެ ކެޓަގަރީއިން 10,000 ގޯތި އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން 3,000 ގޯއްޗެވެ. މީގެ އިތުރުން ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2,000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން 1,000 ގޯއްޗާއި 1,000 ފުލެޓު ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.
ފުލެޓު ދޫކުރުމުގެ ދަށުން މާލޭ ރަށްވެހިންނަށް 4,000 ފުލެޓު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފުލެޓު އަދި ޚާއްޞަ ކެޓަގަރީތަކަށް 2,400 ފުލެޓު ކަނޑައަޅާފައިވެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

