އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކޮށް، އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓަރ 1" އޮލިމްޕަހު ގައި ދައްކަން ފަށްއިފިއެވެ.
ގިނަބަޔެއްގެ އިންތިޒާރަށް ނިމުން ގެނެސް ބުދަ ދުވަހުގެ ރޭ ޕްރިމިއާ ކުރި "ޕަރީ" ފިލްމު ބަލައިލުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ގޮސްފައިވާއިރު، ފިލްމުގައި ބެލުން ތެރިން ބޭނުންވި ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް ފުރަތަމަ ޝޯވ ބެލުމަށް ފަހު އެންމެން ވެސް ބުނެފައި ވެއެވެ. ފިލްމު ބަލަމުން ދިޔައިރު ވެސް އޯޑިއެންސްގެ ތަރުހީބު ވަރަށް ބޮޑުކަން ފާހަގަ ކޮށްލެވެއެވެ. ޚާއްސަކޮށް، ބައެއް މަންޒަރު ތައް ބަލަމުން ދިޔައިރު ބެލުންތެރިންގެ ހުނުމާއި ހަޅޭކުގެ އަޑު ސިނަމާ ތެރޭގައި ވަނީ ގުގުމާލާ ފައެވެ. ފެނިގެން ދިޔައީ ހުރިހާ ގޮތަކުން ވެސް މޮޅު ފިލްމެއްކަމެވެ.
ޕަރީ އަކީ ރާއްޖޭގެ މޮޅު ފިލްމެއްކަމަށް ފިލްމު ބެލި އެންމެން ވެސް ނިންމައިފައިވާއިރު މިއީ ބޮލީވުޑާ ވާދަ ކުރެވޭ ފެންވަރުގެ ފިލްމެއް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. ވަކިން ޚާއްސަކޮށް ޕަރީ އައިޝަތު ލަމްސާ ލަތީފްގެ ރޯލަށެވެ. ކުޑަ ކުއްޖެއް ނަމަވެސް ބޮޑު މީހަކަށް ދޫނުކުރާ މޮޅު އެކްޓިންއެކެވެ. އޭނާއަށް ތައުރީފު ނުކުރާ އެކަކުވެސް ނެތެވެ.
ސްރީލަންކާގައި 99 އިންސައްތަ ޝޫޓް ކޮށްފައިވާ މި ފިލްމަކީ އޭގެ ސައުންޑާއި ވީއެފްއެކްސް ވަރަށް ފުރިހަމަ ފިލްމެކެވެ.
ފިލްމްގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީ ފަދަ މޮޅު ތަރިން ފާހަގަކޮށްލެވެ އެވެ. އެންމެންގެ ރޯލު ވެސް ވަރަށް ފުރިހަމަ އެވެ.


