އައްޑޫ ސިޓީ ފޭދޫއިން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން ބުނީ (ސ. ފޭދޫ، ހަމްދަރުދީ،) ޢުމުރުން 19 އަހަރުގެ ޙައްވާ ރާއިދާ މުނީރު ނަމަކަށް ކިޔާ އަންހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ. އޭނާ ވީނުވީއެއް ނޭނގިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދުގެ 14:52 ހާއިރު ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި، ރާއިދާ ހޯދުމަށްޓަކައި ކަމާބެހޭ ހުރިހާ ބަހާތަކަށް މިހާރު ވަނީ އެ މަޢުލޫމާތު ހިއްސާކުރެވިފައެވެ. ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގެއްލިގެން ހޯދަމުންދާ ޙައްވާ ރާއިދާ މުނީރާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 97920058 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

