އައްޑޫ ސިޓީ ފޭދޫއިން ގެއްލިގެން ހޯދަމުންދިޔަ 19 އަހަރުގެ ޙައްވާ ރާއިދާ މުނީރު ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ސ. ފޭދޫ، ހަމްދަރުދީ، ޙައްވާ ރާއިދާ މުނީރު ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމުންގެ ބަޔަކަށެވެ. އޭނާ ދިޔަތަނެއް ނޭނގިގެން ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:52 ހާއިރުއެވެ.
ރާއިދާ ފެނިފައިވާކަން ފުލުހުން ކަށަވަރުކޮށްދެއްވި ނަމަވެސް، އޭނާ ފެނުނު ތަނަކާއި އަދި މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

