ތިނަދޫ ސިޓީގެ އިންތިޚާބީ ފުރަތަމަ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް މުޚައްމަދު އަޖީބުގެ ކެމްޕެއިން ވަރަށް ފޯރިއާއި އެކު ފަށައިފިއެވެ.
މީގެ 2 ދުވަސް ކުރިން ތިނަދޫ ސިޓީގައި ފެށި ކެމްޕއެިންގައި ދާއިރާ ތަކަށް ވާދަ ކުރާ ޕީއެންސީގެ ކެނޑިޑޭޓުން ބައިވެރިވެއެވެ. މިކެމްޕެއިންނާ ގުޅިގެން "ހުވަދޫ މީޑިއާ" އަށް މައުލޫމާތު ދެމުން ޕީއެންސީ ތިނަދޫ އޮފިޝަލަކު ބުނީ މިހާރު ކުރިއަށްދާ ޑޯޓުޑޯ އަކީ ކެމްޕއިން ރަސްމީކޮށް ފެށުމުގެ ކުރިން އެކި ދާއިރާ ތަކުގެ ގޭގެޔަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް، ޚިޔާލާ މަޝްވަރާ ހޯދުމުގެ ގޮތުން ކުރިޔަށްދާ ޙަރަކާތެއް ކަމަށެވެ. އެގޮތުން 6 އަވަށުގެ ގެތަކަށް ވަކިވަކިން ކެނޑިޑޭޓުން ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އޮފިޝަލް ބުންޏެވެ .
އިތުރަށް މައުލޫމާތު ދިން ގޮތުގައި މިހާތަނަށް ކުރި ޒިޔާރަތުން ސާފުވީ ކުރިޔަށް އޮތް އިންތިޚާބު ވެގެންދާނީ ވަރަށް ބޮޑު ތަފާތަކުން ފަސޭހަ ކަމާއެކު މޭޔަރުގެ އިތުރުން ޕީއެންސީއިން ވާދަކުރާ ހުރިހާ ކެންމޑިޑޭޓުންނަށް ކާމިޔާބު ކުރެވޭނެ އިންތިޚާބެއްކަމުގައެވެ.
" 20 އަހަރު ވެގެން މަދަނީ ތިނަދޫ ގައި އެމްޑީޕީ ވަކި ހިއްޕައިގެން ކައުންސިލްގައި ވެރިކަން ކުރާތާ، ނަތީޖާ ހާސިލު ވާންޖެހޭ މިންވަރަށް ކައިރިވެސް ނުވޭ ، އެހެންކަމުން ރައްޔިތުން މިފަހަރު ބޭނުން ވަނީ ބަދަލެއް އެމްޑީޕީ ނޫން ގޮތެއް،" ޕީއެންސީ ތިނަދޫ ސިޓީގެ އޮފިޝަލަކު ވިދާޅުވިއެވެ.
ޕީއެންސީގެ ފަރާތުން މޭތަރު ކަމަށް ނުކުންނަވާ އަޖީބް އާއި ވާދަކުރެއްވުމަށް ނުކުންނަވާ ބޭފުޅަކީ މިހާރުގެ މޭޔަރު ސައުދު ޢަލީ އެވެ .
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓް އޮތީ އަންނަ އެޕތިލް 4 ގައެވެ.


