ގދ. ފިޔޯރީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ބީފާން ވޮލީ މުބާރާތް 2026 ގެ އަންހެން ޑިވިޝަންގެ ތިންވަނަ މެޗުގައި ފިޔޯރީ އަދި ރަތަފަންދޫ ވާދަކުރި މެޗު، 1-3 އިން ފިޔޯރީ ޓީމުން ކާމިޔާބުކޮށްފިއެވެ.
ފިޔޯރީ ރަސްމީ ވޮލީ ކޯޓުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ރަތަފަންދޫއާ ވާދަކޮށް 1-3 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފިޔޯރީ ޓީމުގެ ބޭރު ކުޅުންތެރިޔާ މްރޫނަލް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ސެޓަރު އައިޝަތު މާޖިދާގެ އެހީތެރިކަމާއެކު ފިޔޯރީން މި ސެޓު ގެންދިޔައީ 21-25 އިންނެވެ. ދެވަނަ ސެޓު ފެށިގެން ރަތަފަންދޫން ލީޑު ނެގި ނަމަވެސް، ސެޓުގެ މެދާ ހިސާބުން ފިޔޯރީން ކުޅުން ރަނގަޅުކޮށް 17-25 އިން ސެޓު ކާމިޔާބުކުރިއެވެ.
ރަތަފަންދޫ ޓީމުން ވަނީ ތިންވަނަ ސެޓުގައި ވަރުގަދަ ހަމަލާތަކެއް ފޮނުވައި، ސަޕޯޓަރުންގެ ފޯރިއާއެކު ކުޅުން ބަދަލުކޮށްފައެވެ. އެގޮތުން އެ ޓީމުގެ އައިތުރްގާންގެ މޮޅު ކުޅުމާއެކު 20-25 އިން މި ސެޓު ރަތަފަންދޫން ކާމިޔާބުކުރިއެވެ. ނަމަވެސް ހަތަރުވަނަ ސެޓުގައި ފިޔޯރީން އަލުން ލީޑު ނަގައި، 20-25 އިން ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވީއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފިޔޯރީ ޓީމުގެ ޖާޒީ ނަންބަރު 1، މްރޫނަލް އެވެ. މި ނަތީޖާއާއެކު ފިޔޯރީ ވަނީ އަންހެން ޑިވިޝަންގެ ފައިނަލަށް ދަތުރުކޮށްފައެވެ. މި ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ 2026 ޖަނަވަރީ 22 ވަނަ ދުވަހުގެ ރޭއެވެ.
މި ދެޓީމް ލީގުގެ ފުރަތަމަ ބުރުގައި ވާދަކުރި މެޗުން 1-3 ސެޓުން މޮޅުވީ ފިޔޯރީއެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު އޮންނާނީ 2026 ޖަނަަވަރީ 22 ވަނަ ދުވަހުގެ ރޭއެވެ.

