އައްޑޫ ސިޓީ ހިތަދޫގައި ސައިކަލެއްގައި ދިޔަ މީހަކު މަގުމަތީގެ އެއްފަރާތުގައި ހުރި މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ހިތަދޫ ނޫރާލީ މަގުން ސައިކަލެއްގައި ދިޔަ މީހަކު، އެ މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މާރާމާރީގައި ތޫނު އެއްޗެއް ބޭނުންކޮށްފައި ނުވެއެވެ. އަދި މި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް ބޭރުފުށުން ފެންނަން ހުރި އަނިޔާއެއް ނުވަތަ ޒަހަމެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

