ފިޔޯރީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ބީފާން މުބާރާތް 2026 ގެ ޗެމްޕިއަންކަން އެކުވެރި ފުނާޑު ޓީމުން ހޯދައިފިއެވެ.
ފިޔޯރީ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށްދިޔަ މި މެޗު އެކުވެރި ފުނާޑު ޓީމުން ކާމިޔާބުކުރީ 1-3 ސެޓުންނެވެ.
މިއީ މި ދެ ޓީމު ބައްދަލުކުރި ތިންވަނަ މެޗެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ފިޔޯރީން ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ. ސެޓުގެ ކުރީކޮޅު ފިޔޯރީ ޓީމުން ބޮޑު ލީޑެއް ނަގާފާއިވާއިރު، އެ ޓީމުން ވަނީ ފުނާޑު ޓީމަށް ލީޑު އަތުލެވުނަ ނުދީ 23-25 އިން ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓުގައި ފިޔޯރީ ޓީމުގެ ބޭރު ކުޅުންތެރިޔާ ޖާޒީ ނަމްބަރ 1 ގެ ކުޅުން ފާހަގަކުރެވިގެންދިޔައެވެ.
ދެވަނަ ސެޓު ފެށިގެން ވެސް ފިޔޯރީއިން ވަނީ ލީޑެއް ނަގާފައެވެ. އެހެންނަމަވެސް ފުނާޑު ޓީމުން ވަނީ ފިޔޯރީ ޓީމު އަތުން ލީޑު އަތުލައި 28-26 އަކުން ސެޓު ކާމިޔާބުކޮށްފައެވެ.
ތިންވަނަ ސެޓު ބޮޑު ލީޑަކުން ގެންދިޔައީ ފުނާޑު ޓީމުންނެވެ. އެއީ 11-25 އިންނެވެ.
ހަތަރުވަނަ ސެޓު 25-22 އިން ކާމިޔާބުކުރީ ފުނާޑު ޓީމުންނެވެ. އެއާއެކު ބީފާން 2026 ގެ ޗެމްޕިއަންކަން ފުނާޑު ޓީމުން ވަނީ ނަގާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ފުނާޑު ޓީމުގެ ޖާޒީ ނަމްބަރ 10 އާމިނަތު ޝަހާ ޝާމިނެވެ.
މެޗު ނިމުމާއެކު މުބާރާތުގެ އަންހެން ޑިވިޝަންގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ޑްރީމް ޓީމްގެ 6 ކުޅުންތެރިން
- ނާދިޔާ ޔޫސުފް (ފުނާޑު ޖ.21)
- އާމިނަތު ޝަހާ ޝާމިން (ފުނާޑު ޖ.10)
- ޙައްވާ ރާޝިދާ (ފިޔޯރީ ޖ.6)
- މަރިޔަމް ސަމާ (ފުނާޑު ޖ.2)
- މަރިޔަމް އާމިރު (ފުނާޑު ޖ.17)
- އައިޝަތު މާޖިދާ (ފިޔޯރީ ޖ.10)
މުބާރާތުގެ އަންހެން ޑިވިޝަންގެ ޑްރީމް ޓީމްގެ ބެސްޓް ލިބަރޯ
- ނަވާ އިބްރާހީމް (ފުނާޑު ޖ.3)
މުބާރާތުގެ އަންހެން ޑިވިޝަންގެ ޑްރީމް ޓީމްގެ ބެސްޓް ކޯޗް
- ޖުނައިދު އަބްދުالله (ފުނާޑު ޓީމު ކޯޗު)
މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިޔާ
- އާޝީ އަޝްރަފް (ފިޔޯރީ ޖ.11)
މުބާރާތުގެ އަންހެން ޑިވިޝަންގެ ޓޮޕް ސްކޯރަރ
- ރޯޒާ (ފުނާޑު ޖ.1)
މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާ
- ރޯޒާ (ފުނާޑު ޖ.1)
މުޅި މުބާރާތުގެ އެންމެ ޝަރަފުވެރި މަޤާމު، ކުއީން އޮފް ބީފާންގެ މަޤާމަށް ހޮވިފައިވަނީ އެކުވެރި ފުނާޑު ޓީމުގެ ޖާޒީ ނަމްބަރ 2 މަރިޔަމް ސަމާއެވެ.
ޗެމްޕިއަން ޓީމް ފުނާޑު ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވުނު އިރު، ފިޔޯރީ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވުނެވެ.
މި މުބާރާތަކީ ފިޔޯރީ ކައުންސިލުން އިންތިޒާމްކޮށްގެން ފިޔޯރީ ފޭސް ޖަމިއްޔާއިން ރާވައި ހިންގާ ބީފާން ވޮލީބޯޅަ ޓޯނަމެންޓް 2026 އެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް މާދަމާ ރޭ ފިޔޯރީ ރަސްމީ ވޮލީ ކޯޓުގައި އޮންނާނެއެވެ. ފައިނަލްގައި ބައްދަލުކުރާނީ ރަތަފަންދޫ ޓީމާއި ފުވައްމުލަކު ދަނޑިމަގު ޓީމެވެ.

